މިމަހުގެ 16 ވަނަ ދުވަހު އައްޑޫ ސިޓީގައި މީހަކަށް ހަމަލާދީ ޒަހަމްކޮށްލި މައްސަލައިގައި ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.
މި މާރާމާރީ ހިނގާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެރޭ 10:02 ހާއިރުއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 18 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުން މިއަދު ބުނީ މައްސަލައާ ގުޅިގެން ހައްޔަރު ކުރި މީހާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ރޭގެ ވަގުތެއްގައި ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރިކަމަށެވެ. އަދި އެ މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.
މި މާރާމާރީގައި އަނިޔާވި މީހާއަށް ހޮސްޕިޓަލްގައި ފަރުވާދީފައެވެ.

ކިޔުންތެރިންގެ ހިޔާލު