މިއަހަރު އޮންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް އެ ޕާޓީގެ ރިޔާސީ ޓިކެޓް ރަސްމީކޮށް މިރޭ އަރުވައިފިއެވެ.
ރައީސް ޞާލިޙަށް ޓިކެޓް ހަވާލު ކޮށްދެއްވީ މިރޭ އެކަމަށްޓަކައި ކާނިވާ ސަރަހައްދުގައި ބޭއްވި ބޮޑު ޖަލްސާގައި އެ ޕާޓީގެ ޗެއަރޕާސަން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލެވެ.
ރައީސް ޞާލިޙަށް ޓިކެޓް އަރުވާފައިވަނީ ކުރީޒަމާނުގައި ފަތްކޮޅު އަރުވާގޮތަށް ތައްޔާރުކޮށްފައިވާ ލިޔުމެއްގެ ސިފައިގައެވެ.
މިދިޔަ މަހުގެ 28 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ޕްރައިމަރީގައި އެ ޕާޓީގެ ރައީސް މުޙައްމަދު ނަޝީދާއި ރައީސް ޞާލިޙް ވާދަ ކުރެއްވިއިރު، ތަފާތު ބޮޑު ނަތީޖާއަކުން އިންތިހާބު ކާމިޔާބު ކުރަށްވާފައިވަނީ ރައީސް ޞާލިޙެވެ.
މިއީ އެމްޑީޕީގެ ތާރީހުގައި އެމްޑީޕީގެ ރައީސަކު ރައީސްކަމުގައި ހުންނަވަނިކޮށް ދެވަނަ ދައުރެއް ދިނުމަށް ޕްރައިމަރީ ބާއްވައިގެން ރައީސަށް ޓިކެޓް އެރުވިގެންދިޔަ ފުރަތަމަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު