ނިމިދިޔަ ޕީޕީއެމްގެ ސަރުކާރުން ހަރާބުކުރި މި ދިވެހި ދައުލަތް އަނބުރާ ދިވެހީންނަށް ހޯއްދަވައިދެއްވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ކަމަށް ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު މިހެން ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސް ޞާލިޙަށް ރަސްމީކޮށް އެރުވުމަށް މިރޭ ކާނިވާ ސަރަހައްދުގައި ކުރިއަށްދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޝާހިދު ވިދާޅުވީ، މާޒީގައި ކަންކަން ހިނގާފައިވާގޮތް ހަނދާން ކުރަން ޖެހޭކަމަށާއި، ޕީޕީއެމުން ކޮށްފައިވަނީ އަނިޔާވެރި ޖައްބާރު ވެރިކަމެއް ކަމަށެވެ. އަދި އެ ސަރުކާރުން ވަނީ ދައުލަތުގެ ހުރިހާ ސިފައެއް ކަނޑުވާލައި، ދައުލަތް ހަލާކު ކޮށްލާފައި ކަމަށް ޝާހިދު ވިދާޅުވި އެވެ.
އެގޮތުން، ފަނޑިޔާރުގޭގެ މިނިވަންކަން ނަގާލަން މަސައްކަތް ކުރިކަމަށާއި، ކުއްލި ހަލާތު އިއުލާނު ކުރައްވައިގެން މިލިޓަރީ ހިންގެވި ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ގޭޓުމަތިން އުކާލި ކަމަށާއި ފަނޑިޔާރުން ޖަލަށް ލައިގެން އަނިޔާކުރިކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ، އެމްޑީޕީން ނުކުމެ މިތިބީ މިނިވަން ދައުލަތެއް ގާއިމު ކުރުމަށް ކަމަށާއި، ޕީޕީއެމްގެ އެ އަނިޔާވެރިކަމާއި އެ ޖައްބާރުކަން ނިމުމަކަށް ގެނެސްދެއްވީ ރައީސް ޞާލިޙް ކަމަށެވެ. އެގޮތުން، މިއަދު ފަނޑިޔާރުގެއަކީ މިނިވަން ތަނެއްކަމަށާއި ރައްޔިތުންގެ މަޖިލިސްވެސް ހިންގުމުގައި ދަތިތަކެއް ނޯންނާނެކަމަށް ވިދާޅުވިއެވެ.
އޭގެ އިތުރުން ޕީޕީއެމުން ހިންގި އެންމެ ބޮޑު ޖަރީމާއަކީ ރާއްޖެ ވިއްކާލަން ރާވާފައިއޮތް ރޭވުން ކަމަށާއި އެކަން ވެސް ނިމުމަކަށް ގެނެސްދެއްވީ ރައީސް ޞާލިޙް ކަމަށް ޝާހިދު ވިދާޅުވިއެވެ.
ޝާހިދުގެ ވާހަކައިގައި ވަނީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނީ ގަދަކޮށް ފަސޭހަކަމާއެކު ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު