ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެނައި އިސްލާހާއި ގުޅިގެން ޕާޓީތަކުން އުނިވި މެންބަރުންގެ މެންބަރޝިޕް އިއާދަ ނުކުރެވޭނެކަމަށް މީގެ ކުރިންވެސް ކޯޓުން ނިންމާފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެންބަރު ޢަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ މެންބަރުންގެ ދަފްތަރުގައި އެހެން ޕާޓީތަކަށް ނިސްބަތްވާ ގިނަބަޔަކު ތިބުމާއި، އަދި އެމީހުން އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކުގައި ވޯޓު ދެމުންދާތީ އެކަމަށް ހައްލެއް ގެނައުމަށް، ޕާޓީގެ ދަފްތަރަކީ އިލެކްޝަންސް ކޮމިޝަނުގައި އޮންނަ ދަފްތަރުކަމަށް ބަލައިގަތުމަށް އެޕާޓީގެ ގައުމީ މަޖިލީހުގެ ގަރާރަކުން ވަނީ ފާސްކޮށްފައެވެ.
އެއާއިއެކު ގާނޫނަށް ގެނައި ބަދަލާއެއްގޮތަށް ޕާޓީއަށް ވަނުމަށް ފޯމު އިސްލާހުކޮށް ހުށަނާޅާތީ 39000 އަށްވުރެ ގިނަ މެންބަރުން ވަނީ އެމްޑީޕީގެ ދަފްތަރުން އުނިވެފައެވެ. އަދި އެންމެފަހުން ބޭއްވި ރިޔާސީ ޕްރައިމަރީ ބޭއްވީ އެ ދަފްތަރަށް ބަލައިގެންކަމަށްވާތީ އެއިން ރައީސް ނަޝީދަށް ތާއީދުކުރާ ގިނަބަޔަކު އުނިވެފައިވާކަމަށްބުނެ އެ މައްސަލަ މިހާރުވަނީ އެމަނިކުފާނު ކޯޓަށް ވެސް ވައްދާފައެވެ.
ދަފްތަރުގެ މައްސަލަ އެގޮތަށް އޮއްވާ ޕްރައިމަރީ ބޭއްވުމުން ކޯޓަށް ހުށަހެޅި މައްސަލައާއި ގުޅިގެން ޢަލީ ނިޔާޒު މިއަދު ވިދާޅުވީ، 2016 ވަނަ އަހަރު ސިޔާސީ ޕާޓީގެ ގާނޫނަށް ގެނެވުނު އިސްލާހާއެކު ފިންގަޕްރިންޓް ނެތުމުން އެމްޑީޕީގެ ދަފްތަރުން އުނިކުރި މެމްބަރުންގެ މެމްބާޝިޕް އިޔާދަ ކުރުމަށް ޝަރީއަތަށް ދިއުމުން ގާނޫނާ ހިލާފަށް އެކަން ކޮށްދެވެން ނެތް ކަމަށް ޝަރީއަތުން ކަނޑައަޅާފައިވާ ކަމަށެވެ.
ނިޔާޒު މިފަދައިން ވިދާޅުވިއިރު، ރައީސް ނަޝީދުގެ ފަރާތްޕުޅުން ކޯޓަށް ހުށަހެޅި މައްސަލައާއިމެދު ނިންމިގޮތެއް އަދި ސާފުވެފައެއް ނުވެއެވެ.
އެމްޑީޕީގެ ދަފްތަރުން އުނިކުރި މެންބަރުންގެ މައްސަލައިގައި ރައީސް ނަޝީދާއި ނަޝީދަށް ތާއީދު ކުރާ މެންބަރުން ފާޑުވިދާޅުވެ ވަކި ބައެއްގެ ބޮލުގައި އެތުހުމަތު އަޅުވަމުންދާއިރު އެކަން ރަނގަޅުނުކޮށް އޮތްއޮތުމުގެ ފުރިހަމަ ޒިންމާ ނަގަން ޖެހޭނީ އެބޭފުޅުން ކަމުގައި ބައެއް މެންބަރުން ގެންދަވަނީ ވިދާޅުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު