ދިވެހި ދައުލަތަށް ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވާފައިވާ 86 ބޭފުޅަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމް މިރޭ އަރުވައިފިއެވެ.
އެ ބޭފުޅުންނަށް އިނާމް އަރުވާފައިވަނީ މިރޭ ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ، އިނާމް ލިބިވަޑައިގެންނެވި ބޭފުޅުން ދިވެހި ދައުލަތަށާއި ދިވެހި ރައްޔިތުންނަށް އެކޮށްދެއްވީ ވަރަށް އިހްލާސްތެރި ހިދުމަތެއް ކަމަށާއި ކޮންމެ މަގާމެއްގައި ހުންނެވި ނަމަވެސް މަގާމުގެ ވާޖިބުތައް އަދާކުރެއްވުމުގައި، ފަސްޖެހުމެއްނެތި ވަފާތެރިކަމާއިއެކު ކޮށްދެއްވި ހިދުމަތްތަކަކަށްވާތީ، ގައުމީ ހިދުމަތުގެ ތަރާދުގައި އެއީ ވަރަށް ބުރަދަން ހުރި ހިދުމަތްތަކެއް ކަމަށެވެ.
އަދި އެފަދަ ބޭފުޅުންގެ އަގު އަބަދުވެސް ވަޒަން ކުރަންޖެހޭނެ ކަމަށާއި މިފަދަ އިނާމެއް ދެއްވަން ނިންމެވި އެންމެބޮޑު ސަބަބަކީ ވެސް އެއީކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
2021 ވަނަ އަހަރު ސަރުކާރުން ދޭން ފެށި މި އިނާމަކީ ދައުލަތަށް 35 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ބޭފުޅުންނަށް އަރުވާ އިނާމެކެވެ.
އެކި ސަބަބުތަކާއިހުރެ މިދިޔަ އަހަރު މި އިނާމު ނުދެވި އޮތްނަމަވެސް، 2021 ވަނަ އަހަރުވަނީ 223 ބޭފުޅަކަށް މި އިނާމް އަރުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު