ގަން އިންޓަނޭޝަލް އެއާޕޯޓް އިތުރަށް ޕްރައިވެޓައިޒް ކުރުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.
އައްޑޫގެ ބައިނަލްއަޤްވާމީ ޕޯޓްތައް ޕްރައިވެޓައިޒް ކުރުމަށް، ރައްޔިތުންގެ މަޖިލީހަށް ހިތަދޫ މެދު ދައިރާގެ މެންބަރު އަހުމަދު ރަޝީދު ޤަރާރެއް އިއްޔެ ވަނީ ހުށައަޅާފައެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކަމާ ގުޅޭ ގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިއުވާން ވިދާޅުވީ ގަން އިންޓަނޭޝަލް އެއާޕޯޓް އިތުރަށް ޕްރައިވެޓައިޒް ކުރުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅޭ ކަމަށެވެ. މިއުވާން ވިދާޅުވީ އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން އައްޑޫ އެއާޕޯޓް މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށެވެ. އަދި ޕޯޓް ތަރައްޤީ ކުރުމުގެ މަސައްކަތްވެސް އެމްޕީއެލްއިން ކުރިއަށް ގެންދާ ކަމަށް މިއުވާން ވިދާޅުވިއެވެ.
"މިހާރުވެސް އެއާޕޯޓް ހިންގާ ކުންފުނީގެ ހިއްސާދާރެއްގެ ގޮތުގައި ޕްރައިވެޓް ޕާޓީއަކުން ޝެއަރ ހޯލްޑަރެއްގެ ގޮތުގައި އެބަ ހަރަކާތްތެރިވޭ، އެހެންވީމަ އިތުރަށް ޕްރައިވެޓައިޒް ކުރުމުގެ ވިސްނުމެއް މިވަގުތަކަށް ނެތް، މުޅި އައްޑޫ ތަރައްގީ ކުރުމުގެ ބޮޑު ޕްރޮޖެކްޓެއް ސަރުކާރުން މިހާރުވެސް ކުރިއަށް އެބަ ގެންދަވާ،" މިއުވާން ވިދާޅުވިއެވެ.
މަޖިލީހަށް އިއްޔެ ހުށައެޅިޤަރާރުގައި ބުނެފައިވަނީ އައްޑޫ ސަރަހައްދުގެ ޓޫރިޒަމް ތަރައްގީ ކުރުމަަށާއި އަދި އެ ޒޯންގައި ހިމެނޭ އެހެން އަތޮޅުތައް ހިމެނޭ ގޮތަށް ހަބެއްގެ ގޮތުގައި ތަރައްގީ ކުރެވޭނީ، އައްޑޫ އެއާޕޯޓާއި އައްޑޫ ރީޖަނަލް ސީޕޯޓް ތަަރައްގީކޮށް އެއާޕޯޓާއި ހިތަދޫ ސަރަހައްދީ ބަނދަރު ތަރައްގީކޮށް ޓޫރިޒަމް ކަނެކްޓިވިޓީ އިތުރަށް ތަރައްގީކޮށްގެން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު