މާލޭ ސަރަހައްދުގައި އެކި ފަންތިތަކުގެ ބޯހިޔާވަހިކަން ޤާއިމު ކުރުމަށް އެޗްޑީސީގެ ފަރާތުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މެދު އަދި މަތީ ފަންތީގެ ގެދޮރުވެރިކަމަށް ޙާއްޞަކޮށްގެން ގިނަ ޕްރޮޖެކްޓްތަކެއް ހުޅުމާލޭގައި ހިންގަމުންދާކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.
އެޗްޑީސީން މައުލޫމާތު ދިން ގޮތުގައި، 22 ޕްރޮޖެކްޓެއް ހުޅުމާލޭގައި ކުރިއަށް ގެންދާއިރު ޖުމްލަ 5198 ޔުނިޓް އޭގެތެރޭގައި ހިމެނެއެވެ. އެ މަސައްކަތްތަކުގެ އިތުރުން މި ވޭތުވެދިޔަ ދެ އަހަރު ވެސް ގިނަ މިކްސްޑް ރެޒިޑެންޝަލް މަޝްރޫޢުތަކެއް ސޮއި ކުރެވި މަސައްކަތްތައް ފެށިފައިވާ ކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.
އެގޮތުން މިމަޝްރޫޢޫތައް ވެގެން ދާނީ މިގޮތަށް އިމާރާތް ކުރެވޭ، އާއްމުންނަށް އެންމެ ކުޑަ އަގުގައި ގަންނަން ހުޅުވާލެވިގެންދާނެ ފަހަރެއް ކަމަށް އެޗްޑީސީން ބުނެއެވެ. އަދި މިކަން ކަށަވަރުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް އެ ކޯޕަރޭޝަންގެ ފަރާތުން ކޮށްފައިވާ ކަމަށާއި މިގޮތުން އާއްމުކޮށް ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓެއް އަމިއްލަ ފަރާތްތަކަށް ދިނުމުގައި ގެންގުޅޭ އުޞޫލަށް ބަދަލުތަކެއް ވަނީ ގެނެވިފައި ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
އެޗްޑީސީން ބުނީ އެއިން ކޮންމެ ޕްރޮޖެކްޓަކުންވެސް 60 ޕަސެންޓް ޔުނިޓް ވިއްކުމަށް ކަނޑައެޅޭ އެއްމެ ކުޑަ އަގަށް އިމަރާތްކުރާ ކުންފުނިން އުނި އިތުރު ނުގެނައުމަށް އަންގާފައިވާއިރު އިތުރު ފީއެއް ނުވަތަ އެޑް އޮންގެ ގޮތުގައި އެއްވެސް އިތުރު ފައިސާއެއް ނަގާނަމަ ޔުނިޓް ގަންނަ އާންމު ފަރާތުގެ އެއްވެސް އިޢުތިރާޒެއް ނެތް ކަމުގެ ފޯމެއްގައި ސޮއިކުރުމަށް ކަނޑައަޅާފައިވާ ކަމަށެވެ.
މިގޮތަށް މިކަން ކުރުމުން ބައެއް ހާލަތްތަކުގައި އިތުރަށް އެޑްއޮންގެ ގޮތުގައި ނެގޭ ފައިސާ ނެގުން ހުއްޓުމަކަށް އައިސް އަތްފޯރާފަށުގައި ރަނގަޅު ފެންވަރުގެ ބޯހިޔާވަހަކަމުގެ ފުރުޞަތު އާންމު ރައްޔިތުންނަށް ލިބިގެންދާނެ ކަމުގައި ވެސް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.
މި މަޝްރޫޢުތަކުގެ ތެރޭގައި އާރްސީސީ އާއި ހަވާލު ކޮށްގެން ހިންގޭ މަޝްރޫޢުގެ ދަށުން ޖުމްލަ 116 ޔުނިޓް ތަރައްޤީ ކުރެވިގެން ދާނެކަމަށާއި މިހާރު މި މަސައްކަތުގެ 50 ޕަސަންޓް ވަނީ ނިމިފައި ކަމަށް އެޗްޑީސީން ބުނެއެވެ. އަދި ސާސެ ގްލަޓްއާއި ހަވާލު ކޮށްގެން ތަރައްޤީ ކުރާ މިކްސް ރެޒިޑެންޝަލް ޕްރޮޖެކްޓްގެ ދަށުން 129 ޔުނިޓުގެ މަސައްކަތް ވެސް ދަނީ ކުރެވެމުން ކަމަށާއި މީގެ އިތުރުން، އެސް.ޖޭ ކޮންސްޓްރަކްޝަނާ ހަވާލު ކުރި 105 ޔުނިޓް، ފެޑޯ އާއި ހަވާލު ކުރި 53 ޔުނިޓް އަދި ރެއިންބޯ މެގަ ޑިވެލޮޕާސް އާ ހަވާލުކިށްގެން ތަރައްޤީ ކުރާ 162 ޔުނިޓްވެސް އޭގެތެރޭގައި ހިމެނޭކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.
ރެއިންބޯ މެގަ ޑިވެލޮޕާސް އާ ހަވާލުކޮށްގެން ތަރައްޤީ ކުރެވޭ މަޝްރޫޢުގެ 58 ޕަސަންޓް މަސައްކަތް މިހާރު ނިމިފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ.
ހުޅުމާލެ އަކީ ހުރިހާ ފަންތިތަކެއްގެ ބޯހިޔާވަހިކަން ވެސް ހިމެނޭ ގޮތަށް ތަރައްޤީ ކުރެވިގެންދާ ރަށަކަށް ހެދުމަށް އެޗް.ޑީ.ސީން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބޮޑު ޕަސަންޓޭޖެއް މިހާރު ދަނީ ތާވަލާއި އެއްގޮތަށް ކުރިއަށް ކަމަށް އެޗްޑީސީން ބުނެއެވެ. އަދި ކުރިން ފަށާފައި އެކި ސަބަބުތަކާއި ހެދި ލަސްވެފައިވާ 4 މަޝްރޫޢެއްގެ މައްސަލަތައް ދެނެގަނެ، ހައްލު ހޯދައި ކޮންޓްރެކަޓަރުންނާއި ގުޅިގެން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ.
މިގޮތުން އެންސިސްއާ ހަވާލުކޮށްގެން ތަރައްޤީ ކުރަންފެށި 94 ޔުނިޓުގެ މަސައްކަތް މަޑު ޖެހިފައިވަނިކޮށް، ޕްރޮޖެކްޓް އަލުން ފަށާ މިހާރު އާއްމުންނަށް ފުލެޓަށް ބަދަލުވުމަށް ފުރުޞަތު ހުޅުވާލާފައިވާ ކަމަށް ވެސް އެޗްޑީސީން ބުނެއެވެ. އަދި އެން.ޕީ.އެޗް އާ ހަވާލު ކޮށްގެން ތަރައްޤީ ކުރާ 129 ޔުނިޓްގެ މަސައްކަތުގެ 98 ޕަސަންޓް ނިމިފައިވާ ކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު