ދިރުވާލައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް އެއަރޕޯޓުން ހައްޔަރުކުރި މީހާގެ ހަށިގަނޑުން 1353 ގްރާމް މަސްތުވާތަކެތި ނަގާފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އިމިގްރޭޝަނާއި ކަސްޓަމްސްގެ އެހީތެރިކަމާއެކު މިމަހުގެ 14 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ހައްޔަރުކުރީ ލެޓީވިއާއަށް ނިސްބަތްވާ 49 އަހަރުގެ ފިރިހެނެކެވެ.
ފުލުހުން މިއަދު ބުނީ، އެ މީހާގެ ހަށިގަނޑުން މަސްތުވާތަކެތި ނެގުމުގެ މަސައްކަތް ކޮށްފައިވާނޭ ކަމަށާއި، އޭނާގެ ހަށިގަނޑުން 127 ބުލެޓް (1352 ގްރާމް) މަސްތުވާތަކެތި ނަގާފައިވާ ކަމަށެވެ.
އަދި އެ މައްސަލައިގައި ހައްޔަރު ކޮށްފައިވާ މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް ކޯޓުންވަނީ އަމުރު ކޮށްފައި ކަމަށް ވެސް ފުލުހުންވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު