ސިނަމާލޭ ބްރިޖް ޓްރެފިކް ލައިޓް ކައިރީ މިއަދު ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހަކު ނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ ސިނަމާލޭ ބްރިޖް ޓްރެފިކް ލައިޓް ކައިރީ ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގި ކަމުގެ ރިޕޯޓު ލިބުނީ މެންދުރު 2:30 ހާއިރު، ކަމަށެވެ. އެ އެކްސިޑެންޓްގައި ނިޔާވެފައިވަނީ އުމުރުން 54 އަހަރުގެ ދިވެހި ފިރިހެނެކެެވެ. ފުލުހުން މައުލޫމާތުދޭގޮތުގައި އެމީހާއަށް ފަރުވާދޭން ގެންދިޔައީ ޓްރީ ޓޮޕް ހޮސްޕިޓަލަށެވެ. އެމީހާ ހޮސްޕިޓަލަށް ގެންދިޔަ ފަހުން ނިޔާވެފައިވާ ކަމަށް އެ ހޮސްޕިޓަލާއި ހަވަލާދީ ފުލުހުން މައުލޫމާތުދެއެވެ.
މިހާދިސާގައި ނިޔާވެފައިވަނީ ސައިކަލް ދުއްވަން އިން މީހާއެވެ. އެކްސިޑެންޓްގައި އެމީހާ ބިން މައްޗަށް ވެއްޓިފައި އޮތް އިރު ބޮލުން ގިނަ އަދަދެއްގެ ލޭ ފައިބާފައި ހުރިކަން ޝޯޝަލް މީޑިޔާގައި އާންމުވެފައިވާ ފޮޓޯތަކުން ފެނެއެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު