ފުވައްމުލައް ސިޓީގެ ހޮސްޕިޓަލަށް އޮތް ޖާގައިގެ ދަތިކަން ހައްލުކުރުމަށް އިތުރުކުރި އައު ޢިމާރާތް ހުޅުވައިފިއެވެ.

މި ޢިމާރާތް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމެވެ.

ފުވައްމުލައް ސިޓީގެ ހޮސްޕިޓަލާއި އިންވެގެން އައު ޢިމާރާތެއް ތަރައްޤީކުރަން ފެށީ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

ފުވައްމުލަކު ހޮސްޕިޓަލްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ހޮސްޕިޓަލަށް އިތުރުކުރި އައު ޢިމާރާތް ފުވައްމުލަކު ކައުންސިލްގެ ފަރާތުންވަނީ މިނިސްޓްރީ އޮފް ހެލްތާއި ޙަވާލުކޮށްދެއްވާފައެވެ.

މިރަސްމިއްޔާތުގައި ހޮސްޕިޓަލުގެ އައު ޢިމާރާތް މިނިސްޓްރީއާއި ޙަވާލުކޮށްދެއްވީ ފުވައްމުލައް ސިޓީގެ މޭޔަރ އިސްމާޢީލް ރަފީޤްއެވެ. އަދި މިނިސްޓްރީގެ ފަރާތުން ޢިމާރާތާއި ޙަވާލުވެވަޑައިގަތީ މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމްއެވެ.

ފުވައްމުލަށް ހޮސްޕިޓަލަށް އިތުރުކުރި އައު ޢިމާރާތުގައި ޚިދުމަތް ފެށުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ހޮސްޕިޓަލްގެ ލެބޯޓްރީގެ ޚިދުމަތާއި ޑެންޓަލް ޚިދުމަތާއި ފިޒިއޮތެރަޕީގެ ޚިދުމަތް ބައު ޢިމާރާތުން އަލަށް ހުޅުވި ޢިމާރާތް ބަދަލުކުރުމަށްވަނީ ނިންމާފައެވެ. މީގެ އިތުރުން އަލަށް އެހޮސްޕިޓަލްގައި ސްޕީޗްތެރަކީއާއި ސައިކައިޓްރީގެ ޚިދުމަތް ފެށުމަށްވެސް ވަނީ ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު