އެކެއްގެ ނަމުގައި ރަޖިސްޓްރީކުރެވޭނެ ސިމް ކާޑުގެ އަދަދު ކަނޑައެޅުމުގެ މަސައްކަތް ކުރަމުންދާކަމަށް ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްއިން، ކޭމުން ބުނެފިއެވެ.
އެކެއްގެ ނަމުގައި ރަޖިސްޓްރީކުރެވޭނެ ސިމް ކާޑުގެ އަދަދު ކަނޑައެޅުމުގެ މަސައްކަތް ކޭމުން ފަށާފައި މިވަނީ ރާއްޖޭގައި ސްކޭމް ކޯލްތައް ގިނަވެ އެފަދަ މޯލްތަކުގައި ކާކުކަން ނޭނގޭ އެތައްބައެއްގެ ނަމުގައި ނަގާފައިވާ ސިމް ކާޑު ގެންގުޅޭ މައްސަލަ ވަރަށް ހައްސާސް މައްސަލައަކަށް ވެފައިވަނިކޮށެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޗީފް އެގްޒެކިއުޓިވް އިލްޔާސް އަޙްމަދު ވިދާޅުވީ ސިމް ބޭނުންކުރާ މީހުންގެ މަޢޫލޫމާތު އެންމެ ރަނގަޅު ގޮތުގައި ރާއްޖޭގައި ބަލަހައްޓަމުން ގޮސްފައިނުވާކަމަށެވެ. އަދި މި ބަދަލު ގެނައުމަށް ނިންމެވީ، މުއާސަލާތީ ވަސީލަތްތައް ބޭނުންކޮށްގެން ކުރާ ނޭދެވޭ އަމަލުތައް ދުވަހުން ދުވަހަށް އިތުރުވަމުން ދިއުމާއެކު، އެފަދަ އަމަލުތައް މަދުކުރުމަށް އަޅާ ފިޔަވެޅެއްގެ ގޮތުންކަމަށް އޭނާ ވިދާޅުވިއެވެ.
އިލްޔާސް ވިދާޅުވީ ވަރަށް ބޮޑެތި ޢަދަދުތަކުން އެކެއްގެ ނަމުގައި ސިމް ހުންނަކަކަމަށާއި، އެހެންކަމުން އެކެއްގެ ނަމުގައި އެންމެ ގިނަވެގެން ނެގޭނީ ކިތައް ސިމްކަން ކުރިއަށްއޮތް ހައެއްކަ މަސްދުވަހުގެ ތެރޭގައި ކަނޑައަޅާނެކަމަށެވެ. ނަމަވެސް އެކެއްގެ ނަމުގައި ނެގޭނެ ވަކި އަދަދެއް އޭނާ ވިދާޅެއްނުވެއެވެ.
އިލްޔާސް ވިދާޅުވީ، ދިވެހިންނާއި ބިދޭސީންނަށް ދޫކުރާ ސިމް ކާޑުގެ ޢަދަދުވެސް ތަފާތުވާނެކަމަށެވެ. އަދި ސިމް ދޫކުރުމުގައި ބަލާނެ މިންގަނޑުތަކެއްވެސް ކަނޑައަޅާނެކަމަށް އޭނާ ވިދާޅުވިއެވެ.
"އެ އަދަދުތައް މުޅިން ކަށަވަރުކުރެވިފައެއް ނެތް. ކިތައް ސިމްތޯ އެކެއްގެނަމުގައި އެންމެ ގިނައިން ދޫކުރެވޭނީ. މިހާރު ނޫސްތަކުން އެ ފެންނަ އަދަދުތަކަށްވުރެ މާ ކުޑަ އަދަދަކަށް އެ އަދަދު ވެގެންދާނީ އިނގޭތޯ." އިލްޔާސް ވިދާޅުވިއެވެ.
ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްއިން ވަނީ މިމަހުގެ ފުރަތަމަ ދުވަހުން ފެށިހެން ޕްރީ އެކްޓިވޭޓަޑް ސިމް ކާޑު ވިއްކުން ހުއްޓާލާފައެވެ. އެގޮތުން މިހާރު ސިމްކާޑު އެކްޓިވޭޓް ވާނީ، ސިމްކާޑު ދޫކުރާ ކަސްޓަމަރުގެ ފުރިހަމަ މައުލޫމާތު ސަރވިސް ޕްރޮވައިޑަރަށް ލިބުމުންކަމަށް ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްއިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު