ގުޅިފަޅުގައި ރޭ ހިނގި އަލިފާނުގެ ހާދިސާއަކީ ބަޔަކު ގަސްތުގައި ކުރި ކަމެއްކަމަށް ދޭހަވާގޮތަށް ފޭދޫ ދާއިރާގެ މެންބަރު ނިހާދު މުހައްމަދު ވާހާކަދައްކަވައިފިއެވެ.
ރޭ ދަންވަރު ހިނގި މި ހާދިސާގައި އަލިފާން ރޯވެފައިވަނީ ގުޅިފަޅުގައި ހުންނަ އެކޮމަޑޭޝަން ބްލޮކެއްގައެވެ. މިތަނަކީ ވިލިމާލެ ބްރިޖްގެ މަސައްކަތް ކުރަމުން އަންނަ އެފްކޮންސްގެ މުވައްޒަފުން ތިބޭ ތަނެވެ.
މި ހާދިސާގައި އެކިވަރުގެ އަނިޔާތައް ލިބިގެން 73 މީހަކަށް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
މިކަމާއި ގުޅިގެން ފޭދޫ ދާއިރާގެ މެންބަރު ނިހާދު ވިދާޅުވިީ ތިލަމާލެ ބްރިޖް މަޝްރޫއާއި އެހެނިހެން މަޝްރޫއުތައް ހުއްޓުވަން އުޅޭ ބަޔަކު ކޮންމެފަދަ ކަމެއްވެސް ކޮށްފާނެކަމަށެވެ. ނަމަވެސް އަމިއްލަ އެދުމަށް އެކަންކުރުމުން އެ ދެވެނީ ގައުމާއި ރައްޔިތުންނަށް ގެއްލުންކަމަށްވެސް ނިހާދު ވިދާޅުވިއެވެ.
"ތިލަމާލެ ބްރިޖު އަދި ރާއްޖޭގައި ހިންގަމުންދާ މެގަ ޕްރޮޖެކްޓްތައް ހުއްޓުވުމަށް ކުރެވެން ހުރި ކޮންމެކަމެއް ގިރި ފެކްޝަނާއި ވަގު ފެކްޝަން ގުޅިގެން ކޮށްފާނެ. އެކަންއެހެން ކުރުމުން އެ ދެވެނީ އަމިއްލަ އެދުމަށް، ގައުމާއި ރައްޔިތުންނަށް ގެއްލުން." ނިހާދު ވިދާޅުވިއެވެ.
ބެލެވޭ ގޮތުގައި ގިރި ފެކްޝަން ކަމަށް ނިހާދު އެ އިޝާރާތް ކުރަށްވަނީ އެމްޑީޕީ ބައިބައިވެ އުފެދިފައިވާ ދެފެކްޝަންގެ ތެރެއިން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރާ ފެކްޝަނަށެވެ. ވަގު ފެކްޝަން ކަމަށް ނިހާދު އެ ސިފަކުރައްވަނީ އިދިކޮޅު ޕީޕީއެމް ކަމަށް ބެލެވެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ބޮޑެތި ޒަހަމްތަކެއް ލިބިފައި ނުވާކަމަށް މައުލޫމާތު ލިބެއެވެ. އެހެންނަމަވެސް 73 މީހަކު ހޮސްޕިޓަލަށް ގެންގޮސް ވަނީ ފަރުވާދީފައެވެ. އޭގެތެރެއިން 13 މީހަކަށް އައިޖީއެމްއެޗްގައި ފަރުވާދިންއިރު އަނެއް 60 މީހުންނަށް ފަރުވާ ދީފައިވަނީ ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލްގައެވެ.
އެމްއެންޑީއެފުން ބުނީ އަލިފާނުގެ ހާދިސާގެ ރިޕޯޓް ލިބުނީ ރޭ ދަންވަރު 31؛00 ކަންހާއިރު ކަމަށެވެ. އަދި އެތަނުގައި ރޯވި އަލިފާންގަނޑު ނިންވާލެވުނީ ދަންވަރު 01:52 ކަންހާއިރުކަމަށެވެ. މި ހާދިސާގައި އަލިފަން ރޯވި އިމާރާތް އެއްކޮށްް އަނދާ ހުލިވެފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.
އަލިފާނުގެ ހާދިސާ ހިނގި އެކޮމަޑޭޝަން ބްލޮކުގައި 465 މީހުން ދިރިއުޅެމުން އަންނަކަމަށްް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

ކިޔުންތެރިންގެ ހިޔާލު