ބުރިޖުގެ މަސައްކަތް ކުރާ އިންޑިއާގެ އެފްކޮން ކުންފުނީގެ މުވައްޒަފުންތަކެއް ބޭނުން ކުރާ އިމާރާތެއްގައި އަލިފާން ރޯވެ 76 މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނީ، ގުޅިފަޅުގައި ހުންނަ އެކަމަޑޭޝަން ބްލޮކެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި އެކި ގޮތްގޮތުން އަނިޔާވެ ހާލުދެރަވި 76 މީހަކަށް ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުން ކަމަށެވެ. އެގޮތުން އަނިޔާވި 63 މީހަކަށް ޓްރީޓޮޕްގައި ފަރުވާދެމުންދާއިރު އިތުރު 13 މީހަކަށް ދަނީ އައިޖީއެމްއެޗުގައި ފަރުވާ ދެމުންކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އަދި އެ މީހުންގެ ތެރޭގައި ސީރިއަސް އަނިޔާތަކެއް ލިބުނު 6 މީހަކު ހިމެނޭ ކަމަށް މައުލޫމާތު ލިބޭ ކަމަށާއި އެ ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބުނީ ރޭ 12:36 ގައި ކަމަށް ފުލުހުން ބުނެއެވެ.
މި ހާދިސާ ހިނގާފައިވަނީ ބްރިޖުގެ މަސައްކަތް ކުރާ އެފްކޮންސްގެ މުވައްޒަފުން ތިބޭ ބްލޮކެއްގައެވެ. އެފްކޮންސްއިން މިކަމާއި ގުޅޭގޮތުން ނެރުނު ބަޔާނެއްގައި ބުނީ 60 އަށްވުރެ ގިނަ މުވައްޒަފުންނަށް އަނިޔާވެގެން ހޮސްޕިޓަލްގައި ފަރުވާދެމުންދާކަމަށާއި އަލިފާން ނިއްވުމުގެ މަސައްކަތް ކުރެވެމުންދާކަމަށެވެ.
އެމްއެންޑީއެފުން ބުނީ ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުނީ ދަންވަރު 00:31 ހާއިރުކަމަށެވެ. ހާދިސާގެ ރިޕޯޓް ލިބުމާއެކު އެފްއާރުއެސްގެ ފަޔަރމަނުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފެށި ކަމަށާއި މިގޮތުން އެފްއާރުއެސްގެ ފަޔަރމަނުން ކުރި މަސައްކަތުން އެތަނުގައި ރޯވި އަލިފާން ނިއްވާލެވިފައި ވަނީ 01:52 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.
އަދި އަލިފާނުގެ ހާދިސާގައި އެކޮމަޑޭޝަން ބްލޮކް ވަނީ އެއްކޮށް އަނދާ ހުލިވެފައި ކަމަށާއި އެ އެކަމަޑޭޝަން ބްލޮކްގައި 465 މީހުން އުޅޭކަމަށް މައުލޫމާތު ލިބިފައިވާކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.

ގުޅީފަޅުގައި ހުންނަ ވިލިމާލެ ބްރިޖް މަސައްކަތްކުރާ މީހުންގެ އެކެމަޑޭޝަން ބްލޮކުގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވެ ނިއްވާލައިފި. އަލިފާން ނިއްވާލާފައިވަނީ 01:52 ހާއިރު.https://t.co/LULLPbexJU pic.twitter.com/b6eA2GciLV
— Maldives National Defence Force (@MNDF_Official) December 16, 2022
މި ހާދިސާ ހިނގާފައިވަނީ ބްރިޖުގެ މަސައްކަތް ކުރާ އެފްކޮންސްގެ މުވައްޒަފުން ތިބޭ ބްލޮކެއްގައެވެ. އެފްކޮންސްއިން މިކަމާއި ގުޅޭގޮތުން ނެރުނު ބަޔާނެއްގައި ބުނީ 60 އަށްވުރެ ގިނަ މުވައްޒަފުންނަށް އަނިޔާވެގެން ހޮސްޕިޓަލްގައި ފަރުވާދެމުންދާކަމަށާއި އަލިފާން ނިއްވުމުގެ މަސައްކަތް ކުރެވެމުންދާކަމަށެވެ.
އެމްއެންޑީއެފުން ބުނީ ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުނީ ދަންވަރު 00:31 ހާއިރުކަމަށެވެ. ހާދިސާގެ ރިޕޯޓް ލިބުމާއެކު އެފްއާރުއެސްގެ ފަޔަރމަނުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފެށި ކަމަށާއި މިގޮތުން އެފްއާރުއެސްގެ ފަޔަރމަނުން ކުރި މަސައްކަތުން އެތަނުގައި ރޯވި އަލިފާން ނިއްވާލެވިފައި ވަނީ 01:52 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.
އަދި އަލިފާނުގެ ހާދިސާގައި އެކޮމަޑޭޝަން ބްލޮކް ވަނީ އެއްކޮށް އަނދާ ހުލިވެފައި ކަމަށާއި އެ އެކަމަޑޭޝަން ބްލޮކްގައި 465 މީހުން އުޅޭކަމަށް މައުލޫމާތު ލިބިފައިވާކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު