ވިޔަފާރި ކުރާ ފަރާތްތަކަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ތިލަފުށީ މާސްޓާ ޕްލޭންގެ ތެތެއިން ހައްލެއް ލިބިގެންދާނެ ކަމަށް އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެެވެ.
ފައްޔާޒު މިހެން ވިދާޅުވީ ސިނާއީ ދާއިރާގައި މިހާރު ހުރި މައްސަލަތަކަށް ބަލައި މި މައްސަލަތަކަށް ބިނާކޮށް އެކަމަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ފަރުމާ ކުރެވިފައިވާ ތިލަފުށި މާސްޓަޕްލޭން އިފްތިތާހް ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެެވެ.
މި ރަސްމިއްޔާތުގަައި ވާހަކަ ދައްކަވަމުން އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ ވިޔަފާރިކުރާ ފަރާތްތަކަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ތިލަފުށީ މާސްޓާ ޕްލޭނާއެކު ހައްލެއް ލިބިގެންދާނެ ކަމަށެވެ. އަދި އެ މާސްޓާ ޕްލޭންގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
ފައްޔާޒު ވިދާޅުވީ އެ މާސްޓާ ޕްލޭނާއެކު ބިން އަމިއްލަ ކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެ ކަމަށެވެ. އަދި އޭގެއިތުރުން އަގު ހެޔޮކޮށް ބިންކުއްޔަށް ހިފުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
“ރެޑީ މެޓް ސްޓޯރޭޖް ފެސިލިޓީތަކާއި ވޯކިން ސްފޭސްތަކާއި އޮފީސްތަކާއި މި ހުރިހާ ކަންތައްތަކެއް މީގެ ތެރޭގައި ހިމެނިގެންދާނެ. މާލޭ ސަރަހައްދުގެ ފުރިހަމަ އިންޑަސްޓްރިއަލް ހަބަކަށް ތިލަފުށި ވެގެންދާނެ." ފައްޔާޒު ވިދާޅުވި އެވެ.
އެޗްޑީސީން މައުލޫމާތުދޭގޮތުގައި ވިޔަފާރިއާއި ސިނާއީ ބޭނުންތަކަށް ތިލަފުށީގެ 152 ހެކްޓަރުގެ ބިން ހިއްކާ ތަރައްޤީކުރުމަށް ނިންމާފައިވަނީ ހުޅުމާލެ އާއި އެއް ފެންވަރަކަށެވެ. އަދި ތަރައްގީކޮށް ނިމޭއިރު މިތަނުގައި ޕަބްލިކް ޕްލާޒާ، ޕަބްލިކް ގްރީން ސްޕޭސް، އެކްޓިވް ވޯޓަރފްރަންޓްސް، ފްލެކްސިބަލް ޑިވެލޮޕްމަންޓްގެ އިތުރުން ސަސްޓެއިނަބަލް ސިޓީއެއްގެ ފުރިހަމަ ކުލަ ޖެހިގެންދާނެ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.
އަދި މިކަމަށް ހާއްސަކޮށް ބިން ހިއްކާއިރު ޒަމާނީ އަދި ފުރިހަމަ ވަސީލަތްތަކުގެ އިތުރުން ތިލަފުށީގެ މަގުތައް އެންމެ ރަނގަޅު ފެންވަރުގައި ތަރައްޤީ ކުރެވިގެންދާނެ ކަމަށްވެސް އެޗްޑީސީން ވަނީ ބުނެފައެވެ.
މާލެ ސަރަހައްދުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ރައްކާތެރި މާހައުލެއް ބިނާކުރުމަށް ސަރުކާރާއި ގުޅިގެން އެޗްޑީސީން ގިނަ މަސައްކަތްތަކެއް މިހާރު ވެސް އަންނަނީ ކުރަމުންނެވެ. ރާއްޖޭގައި ހުރި ގިނަ ސިނާއަތްތަކަށް ބޭނުންވާނެ އެންމެ ޒަމާނީ އަދި ފުރިހަމަ ވަސީލަތްތަކާއި މިކަމަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ޤާއިމު ކުރުމަކީ ބޮޑު އިސްކަމެއް ދީގެން ކުރެވެމުން އަންނަ ކަމެއް ކަމަށް އެޗްޑީސީން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު