މުވައްސަސާތަކުގެ ހައްޔަރުގައި ތިބޭ މީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި މިހާރަށްވުރެ ހަރުދަނާ އުސޫލުތަކެއް ގާއިމްކުރަން މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީން) މިރޭ ގޮވާލައިފިއެވެ.
އެމްއެންޕީން އެގޮތަށް ގޮވާލާފައިވަނީ ހދ. ނޮޅިވަރަމް ހިތަށްފިނިވާގޭ ނިޝާމާ މުހައްމަދުގެ މަރުގެ މައްސަލާގައި ހައްޔަރުކޮށްފައި ހުރި އޭނާގެ ފިރިމީހާ އަބޫބަކުރު ފައިސަލް ހދ. ކުޅުދުއްފުށީގައި ހުންނަ ޕޮލިސް ސްޓޭޝަންގައި ބަންދުކޮށްފަައި ހުއްޓާ ދަންޖެހިގެން މަރުވާން އުޅުނު މައްސަލާގައި ކަންބޮޑުވުން ފާޅުކޮށް މިއަދު ނެރުނު ނޫސްބަޔާނެއްގައެވެ.
އެމްއެންޕީން ނެރުނު ބަޔާނު ބުނެފައިވަނީ ފައިސަލް ފުލުހުންގެ ބަންދަށް ގެންގޮސްފައި ވަނިކޮށް ދަންޖެހެން މަސައްކަތް ކޮށްފައިވުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި މިފަދަ އަމަލެއް ހިންގޭނީ މުއައްސަސާތައް ދޯހަޅިވެ ޒިންމާނެގުމުގެ ޤާބިލިއްޔަތުކަން ނެތުމުން ކަމަށް ބަޔާނުގައިވެއެވެ. އަދި ދައުލަތުން އަނިޔާ ލިބޭ ފަރާތްތަކަށް އިންސާފު ހޯދައިދިނުމުގައި އެފަދަ ފޫގޮސްފައިވާ ކަންކަން ހުރުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް އެ ބަޔާނުގައިވެއެެވެ.
"އަދި މިއީ ޝައްކެއްވެސް ނެތް ގޮތުގައި މިފަދަ ޙައްޞާޞް މައްސަލަތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ތަހުޤީޤީ އިދާރާތައް ފެއިލްވެފައިވާ ކަމުގެ ހެއްކެއްކަން ޔަޤީނެވެ." ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމް ލީޑަރުކަން ކުރަށްވާ އެމްއެންޕީން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
އެމްއެންޕީން ނެރުނު ބަޔާނުގައި ވަނީ ގެވެށި އަނިޔާގެ މައްސަލަތަކުގައި އަނިޔާ ލިބޭ ފަރާތްތަކަށް އިންސާފު ހޯދައިދިނުމާއި، މުއައްސަސާތަކުގެ ހައްޔަރުގައި ތިބޭ މީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި މިހާރަށްވުރެ ހަރުދަނާ އުސޫލުތަކެއް އެކަށައެޅުމަށް ގޮވާލާފަ އެވެ. އަދި މިފަދަ މައްސަލަތައް ތަކުރާރު ނުވާނެފަދަ ގޮތަކަށް މުއައްސަސާތަކުގެ ހިންގުން ބައްޓަންކުރުމަށް ވެސް އެޕާޓީން ވަނީ ސަރުކާރަށް ގޮވާލާފަ އެވެ.
އަނބިމީހާ މަރާލި ކަމަށް ތުހުމަތުކުރެވޭ އަބޫބަކުރު ފައިސަލް 15 ދުވަހަށް ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި ބަންދުކޮށްފައި ހުއްޓާ ދަންޖެހެން މަސައްކަތްކޮށްފަައިވާއިރު އޭނާ އަށް މިހާރު ފަރުވާ ދެމުންދަނީ އައިސީޔޫގައެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނީ ފައިސަލްގެ ހާލު ސީރިއަސް ކަމަށެވެ. މިމައްސަލަ އެޗްއާރްސީއެމް އަދި އެންއައިސީއަށް ހުށަހަޅައިގެން ބަލަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު