ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ރަހީނުކޮށް މަރާލާފައިވާ މައްސަލައިގައި ކުރީގެ ރައީސް، ރައީސް ޔާމިން އަބްދުލްގައްޔޫމަށް މަރުކޮމިޝަނުން ބޮޑު ތުހުމަތެއް ކޮށްފިއެވެ.
މިނިވަން ނިއުސްގައި މަސައްކަތް ކުރި ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލިފައިވަނީ އޯގަސްޓް 7، 2014 ގަ އެވެ. އެމައްސަލަ ތަހުގީގުކުރުމަށް ރައީސް ސާލިޙު އުފެއްދި ރިޔާސީ ކޮމިޝަނުން ވަނީ ތަހުގީގު ރިޕޯޓް ރައީސަށް މިއަދު އަރުވާފައެވެެ.
އެ ރިޕޯޓާ ގުޅޭ މައުލޫމާތު ހިއްސާކުރައްވަމުން މަރު ކޮމިޝަންގެ މެމްބަރު މިސްބާހު އައްބާސް ވިދާޅުވީ، ރިލްވާން ރަހީނުކޮށް މަރާލުމުގައި ބައިވެރިވި މީހަކު ކުރީގެ ރައީސް، ރައީސް އަބުދުﷲ ޔާމިނާއި ބައްދަލު ކުރި ކަމަށެވެ. އެގޮތުން އެމައްސަލައިގައި ތުހުމަތުކުރެވޭ ތ. އޮމަދޫ ނަރުގިސްވިލާ މުހައްމަދު މުނާޒު ސީރިޔާއަށް ފުރުމުގެ ކުރިން ރައީސް ޔާމިނާއި ބައްދަލުކޮށް އޭނާގެ ބައިވެރިވުން ނުހިމެނޭގޮތަށް އަހުމަދު ރިލްވާން ގަދަކަމުން ކާރަކަށް އަރުވައިގެން ގެންގޮސް މަރާލުމުގައި ބައިވެރިވި މީހުންނާއި އެކަން ކުރިގޮތް ރައީސް ޔާމިނަށް ކިޔައިދީފައިވާ ކަމަށް މިސްބާހް ވިދާޅުވިއެވެ.
"އަދި މުހައްމަދު މުނާޒު ސީރިޔާއަށް ފުރައިގެން ގޮސްފައިވަނީ އޭރުގެ ރައީސުލްޖުމުހޫރިއްޔާގެ އެހީތެރިކަމާއެކުގައި ކަމަށް ތަހުގީގަށް އެނގިފައިވޭ،" މިސްބާހް ވިދާޅުވިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި މަރު ކޮމިޝަންގެ ރައީސް ފަރީޝާ އަބްދުﷲ ވިދާޅުވީ ރިލްވާން އަރުވައިގެން ގެންދިޔަ ރަތް ކާރަކީ އާލިފް ރައޫފްގެ ކާރެއް ކަމަށެވެ. މާލޭގައި ދުއްވާ އެ ކާރު ހުޅުމާލެ ގެންގޮސްފައިވަނީ ރިލްވާން ރަހީނު ކުރުމުގެ ބޭނުމުގައި ކަމަށް ފަރީޝާ ވިދާޅުވިއެވެ.
ރިލްވާން ކަރުބުރިކޮށް މަރާލުމުގައި ގިނަ ބަޔަކު ބައިވެރިވެފައިވާ ކަމަށާއި އެކަމުގެ ހެކި އެބަހުރި ކަމަށް ފަރީޝާ ވިދާޅުވިއެވެ. ފަރީޝާ ވިދާޅުވީ ރިލްވާން ރަހީނުކޮށް ޑިންގީއަކަށް އަރުވައިގެން ގެންްދިޔައީ ކަންނެލި ދޯއްޏަކަށް ކަމަށެވެ. އަދި އެދޯނީގައި އޭނާ މަރާލުމަށް ފަހު ހަށިގަނޑު އެ މީހުން ކަނޑުފައްތާފައިވާ ކަމަށް ފަރީޝާ ވިދާޅުވިއެވެ.
"ރިލްވާން ރަހީނު ކުރުމަށްފަހު، ޑިންގީއަކަށް އަރުވައިގެން ގެންގޮސްފައިވަނީ ކަންނެލި ދޯންޏަކަށް، ދޯންޏަށް އެރުވުމަށް ފަހު ކަނޑުމައްޗަށް ދިޔަ ކަމަށް ބެލެވޭ، އޭގެ ފަހުން އޭނާއަށް ކަލިމަ ލައިދީ ކަރުބުރިކޮށް މަރާލާފައިވާ ކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ދީފައިވޭ،" ފަރީޝާ ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު