އަރަބިއްޔާ ސްކޫލު ގިނަ ކުރަން ބަޔަކު އުޅޭ ކަމަަށް އެ ސުކޫލު ހިންގުމާއި ހަވާލުވެ ހުންނެވި ހުސައިން ސައީދު ވިދާޅުވެއްޖެއެެވެ.

ދައުލަތުގެ މީޑިޔާ ޕީއެސްއެމްގައި ރޭ ވާހަކަ ދައްކަވަމުން އަރަބިއްޔާ ސްކޫލު ހިންގެވުމާއި ހަވާލުވެ ހުންނެވި އިސްކަންދަރު ސުކޫލްގެ ޕްރިންސިޕަލް ހުސައިން ސައީދު ވިދާޅުވީ، އަރަބިއްޔާ ސުކޫލުގެ 98 ޕަސެންޓް ބެލެނިވެރިންނަކީ އެ ސުކޫލް ދެކެ ވަރަށް ބޮޑަށް ލޯބިވާ ބައެއް ކަމަށެވެ. އެހެން ނަމަވެސް ބެލެނިވެރިންގެ ތެރެއިން މަދު ބަޔަކު އަރަބިއްޔާއާއި ގުޅޭގޮތުން ޝޯޝަލް މީޑިޔާގެ އެކި ވަސީލަތްތައް ބޭނުންކޮށްގެން އަރަބިއްޔާ ވާހަކަތައް ދައްކައި އެ ސުކޫލު ގިނަކުރަން މަސައްކަތް ކުރަމުންދާކަމަށް ސައީދު ވިދާޅުވިއެވެ.

"މަދު ހައެއްކަ ބޭފުޅުން އެބަ އުޅުއްވާ ހަމަ ތާ އަބަދު ކޮންމެވެސް ކަހަލަ ޝޯޝަލް މީޑިޔާގެ ކޮންމެވެސް ތަނެއްގައި އަރަބިއްޔާގެ ވާހަކަތައް ދައްކާ އަރަބިއްޔާ ގިނަކޮށްގެން އުޅޭ ބަޔަކު އެބައުޅޭ. އަރަބިއްޔާ އަކީ އެހެން ހަދަން ޖެހޭ ތަނެއް ނޫން، އަރަބިއްޔާ އަކީ އަޅުގަނޑުމެން އިހުތިރާމް ކުރަންޖެހޭ ތަނެއް. އަރަބިއްޔާ އަކީ އަޅުގަނޑުމެން ލޯބިކުރަންޖެހޭ ތަނެއް." ރާއްޖޭގެ ތައުލީމީ ދާއިރާގައި މަސައްކަތް ކުރަށްވާތާ ވިހި އަހަރު ދުވަސްވީ ޕްރިންސިޕަލް ސައީދު ވިދާޅުވިއެވެ.

މީގެއިތުރުން ސައީދު ވިދާޅުވީ އަރަބިއްޔާ ސުކޫލް ހިންގުމުގައި އެ ސުކޫލުގެ ޕީޓީއޭގެ އެއްވެސް ދައުރެއް ނޯއްނާނެ ކަމަށެވެ. އަދި ޕީޓީއޭގެ ދައުރަކީ ޕްރިންސިޕަލަށާއި ސުކޫލުގެ ކުރިއެރުމަށް މަޝްވަރާ ދިނުން އެކަނި ކަމަށް ސައީދު ވިދާޅުވިއެވެ.

ސައީދު ވަނީ ރާއްޖޭގެ އެހެން ސުކޫލުތަކުގައި ޕީޓީއޭއިން އަދާކުރާ ދައުރު އަރަބިއްޔާގެ ޕީޓީއޭއިން އަދާކުރުމަށް ބެލެނިވެރިންގެ ކިބައިން އެދިވަޑައިގެންފައެވެ. ސައީދު ވިދާޅުވީ އަރަބިއްޔާ ސުކޫލުގެ ޕީޓީއޭގެ ދައުރު އެހެން ސުކޫލުތަކާއި އެއްގޮތަށް ރަނގަޅަށް އަދާކުރާނަމަ އެ ސުކޫލަށް ކުރިއެެރުން އަންނާނެ ކަމަށެވެ.

ސައީދު ވިދާޅުވީ ބެލެނިވެރިން ބޭނުންވާ ގޮތަށް ހިންގާ އެއްވެސް ސުކޫލެއް ރާއްޖޭގައި ނުހުންނާނެ ކަމަށެެވެ. ބެލެނިވެރިންގެ ބާރާ ނުފޫޒު ސުކޫލް ހިންގުމުގެ ތެރެއަށް މާބޮޑަށް ވަންނަން ފަށައިފިނަމަ އެ ސުކޫލެއް ބަލިކަށިވެ ނިކަމެތިވެގެންދާނެ ކަމަށާއި އެކަމުގެ ނޭދެވޭ އަސަރު ދަރިވަރުންނަށް ކުރާނެ ކަމަށް ސައީދު ވިދާޅުވިއެވެ.

"މިސާލަކަށް އަރަބިއްޔާ މި ހާލަތުގައި އޮއްވާ ބޭރުގައި ތިބެ އެތަނަށް ނިސްބަތްވާ މަދު ބަޔަކު އެ ސުކޫލްގެ ދެ ފަރާތުގައި ހިފާ ދަމަންޏާ އެތެރެއަށް ކިހާބޮޑު ލޮޅުންތައް އަންނާނެ، އެތެރޭގެ މި ތިބެނީ ކުދިން އެކުދިންގެ ކިޔެވުމަށް ކިހާވަރެއްގެ ދަތިތަތަކާއި ކުރިމަތިލާންޖެހޭނެތޯ؟ މިހާރު މި ދަތިހާލުގައި އޮއްވާ ޕީޓީއޭގެ ފަރާތުން ބޭނުންވާނެ އެބޭފުޅުންގެ ހިތްވަރު އެބޭފުޅުންގެ އެއްބާރުލުން ލިބުން." ސައީދު ވިދާޅުވިއެވެ.



މިހާރު އަރަބިއްޔާ ސްކޫލުގެ ދަރިވަރުން ކިޔަވަނީ ކުރިން ފޮރިން މިނިސްޓްރީ ހިންގި އިމާރާތުގައެވެ. އަދި ކުރީގެ ޖަމާލުއްދީން ސްކޫލް ހިންގި ބިމުގައި އަރަބިއްޔާ ހިންގަން ސްކޫލެއް އެޅުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފައެެވެ.



ކިޔުންތެރިންގެ ހިޔާލު