ރާއްޖޭގެ އިގްތިސާދީ ހާލަތު ދަށަށް ގޮސް، ރައްޔިތުން ބަނޑަށް ޖެހިދާނެކަމުގެ ބިރު އޮތްކަމަށް ބުނެ، އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ ގަވަރުނަރާއި ބައްދަލުކުރަން ނިންމައިފިއެވެ.
އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނީ ދައުލަތުގެ ރިޒާވްގައި ކާޑުގެ ބާވަތްތައް ގަންނަން ފައިސާ ނެތި، ރިޒާވް ހުސްވެ، ރައްޔިތުންގެ ބަނޑަށް ޖެހިދާނެކަމުގެ ބިރު އެބައޮތްކަމަށެވެ.
އިދިކޮޅުން ބުނީ ރާއްޖޭގެ އިގްތިސާދީ ހާލަތު ދަށަށްދާތީ އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމާ މިއަދު ބައްދަލުކުރަން އެމްއެމްއޭއަށް ދާނެ ކަމަށެވެ. މި ބައްދަލުކުރެއްވުން އޮންނާނީ މިއަދު 11:00 ޖަހާއިރުކަމަށްވެސް އެމްއެމްއޭއިން ބުނެއެވެ.
ރާއްޖޭގެ އިގްތިސާދު ދަަށަށްދާކަމަށް އިދިކޮޅުން ބުނި ނަމަވެސް ސަރުކާރާއި ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ބުނަނީ ރާއްޖޭގެ އިގްތިސާދު ދަނީ ކުރިއަރަމުންކަމަށެވެ. އެގޮތުން މިއަހަރުވެސް ރާއްޖެގެ އިގްތިސާދު 12 ވަރަކަށް ޕަސަންޓަށް ކުރިއަރާނެކަމަށް މާލީ އިދާރާތަކުން ބުނެއެވެ. މީގެއިތުރުން ބަނގުރޫޓްވުމުގެ ބިރެއްވެސް ރާއްޖެއަށް ނެތްކަމަށް ތަޖުރިބާކާރުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު