މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފެއްދި ރިޔާސީ ކޮމިޝަނުން ތަހުގީގުކުރި މައްސަލަތަކުގެ ރިޕޯޓްގެ ރައީސުލްޖުމްހުރިއްޔާއަށް އަރުވަން ތައްޔާރުވެއްޖެއެވެ.
"މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީގުކުރާ ކޮމިޝަން" ގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙަންމަދު ޞާލިޙް ކޮމިޝަނެއް އުފައްދަވާފައިވަނީ 17 ނޮވެންބަރު 2018 ގައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރިޔާސީ ކޮމިޝަނުން ތަހުގީގުކުރި މައްސަލަތަކުގެ ރިޕޯޓް ރައީސަށް އެރުވުމަށް ހަމަޖެހިފައިވަނީ މިއަދުއެވެ.
މަރު ކޮމިޝަން އެކުލަވާލީ 2012 ޖެނުއަރީ އެކަކުން ފެށިގެން 2018 ނޮވެމްބަރު 17ގެ ނިޔަލަށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުޤީޤްކުރުމަށެވެ. އޭގެތެރޭގައި މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލުމާއި ބްލޮގަރު ޔާމީން ރަޝީދު މަރާލުމުގެ މައްސަލަ ހިމެނެއެވެ.
ރައީސަށް މިއަދު ރިޕޯޓް އެރުވިނަމަވެސް މަރު ކޮމިޝަންގެ ރިޕޯޓު އާންމުކުރާނެކަން ކަށަވަރެއް ނޫނެވެ. އަނެއްކޮޅުން މި މައްސަލަތައް ދިގުލައިގެންދާތީ ގިނަ ބައެއްގެ ފާޑު ކިޔުން ވެސް ވަނީ އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު