މާލޭގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި އަނިޔާވި މީހަކަށް ހޮސްޕިޓަލްގައި ފަރުވާދޭން ފަށައިފިއެވެ.

ފުލުހުން މިރޭ ބުނީ، ހާދިސާ ހިނގީ ރަތްވިލާމަގުގައި ހުންނަ ވޯކްޝޮޕެއްގައި ކަމަށާއި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިރޭ 8:46 ގައި ކަމަށެވެ.



ފުލުހުންބުނީ އެ ހާދިސާގައި އަނިޔާވި މީހަކަށް ހޮސްޕިޓަލްގައި ފަރުވާދެމުން ދާކަމަށެވެ. އަދި ރޯވި އަލިފާންގަނޑު ނިއްވާލެވިފައިވާ ކަމަށާއި އެ ހާދިސާ ފުލުހުން ދަނީ ތަހުގީގު ކުރަމުންކަމަށް ވެސް ވަނި ބުނެފައެވެ.

މާލޭގައި އިތުރު އަލިފާނުގެ ހާދިސާއެއް ހިނގާފައި މިވަނީ، މިދިޔަ ނޮވެމްބަރު މަހުތެރޭ ހިނގި ނުރައްކާތެރި ހާދިސާއެއްގައި ނުވަ މީހަކު މަރުވެފައި ވަނިކޮށެވެ.



ކިޔުންތެރިންގެ ހިޔާލު