ރައްޔިތުންގެ އެންމެ ފައިސާ ފޮއްޗެއްގައިވެސް ޖެހިފައި ނުވާނޭކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަދި މޯލްޑިވްސް ނޭޝަނަލް ޕާޓީ، އެމްއެންޕީގެ އަންހެނުންގެ ވިންގުގެ ލީޑަރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.
ދުންޔާ މިހެން ވިދާޅުވެފައި މިވަނީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގި ހިޔާނާތުގެ މައްސަލައިގެ ތަހްގީގަށް އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީއަށް އެކަމަނާ މިއަދު ހާޒިރުކުރުމާއި ގުޅިގެންނެވެ.
ދުންޔާ ވިދާޅުވީ، އޭނާއަށް ކުރަނީ ސިޔާސީ ތުހުމަތުތަކާއި ދޮގާއި ފުރައްސާރަ ކަމަށެވެ. އަދި ސަރުކާރާއި ދިވެހި ރައްޔިތުންގެ އެންމެ ރުފިޔާއެއްވެސް ވަގަށް ނަގާފައި ނުވާނެ ކަމަށް ދުންޔާ ވިދާޅުވި އެވެ. ރާއްޖޭގައި 30 އަހަރު ވެރިކަން ކުރެއްވި ރައީސް މައުމޫންގެ ދަރިކަނބަލުން، ދުންޔާ ވިދާޅުވީ އެކަނާ މިއަދު އޭސީސީއަށް ހާޒިރުކޮށްފައިވާ ކަމަށާއި އިންސާފާއި ތެދަށް އަބަދުވެސް ވަކާލާތު ކުރައްވާނެ ކަމަށެވެ.
ދުންޔާ އޭސީސީއަށް ހާޒިރުކުރުމަށް ފޮނުވާފައިވާ ޗިޓުގައިވާ ގޮތުގައި އޭނާ އޭސީސީއަށް ހާޒިރުކުރީ 2014 ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން 2015 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް އެމްއެމްޕީއާރްސީ ބޭނުންކޮށްގެން ސަރުކާރު ހިއްސާވާ ކުންފުނިތައް މެދުވެރިކޮށް ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަމަށާއި އެ ދުވަސްވަރު ޓޫރިޒަމްގެ ބޭނުމަށް ރަށްތަކާއި ފަޅުތައް ކުއްޔަށްދޫކޮށްގެން ލިބުނު ފައިސާއަށްވެސް ހިޔާނަތްތެރިވާ ކަމަށް ތުހުމަތުކުރެވޭއިރު އެ ފައިސާ ދުންޔާއަށްވެސް ލިބުނު ކަމަށް ތުހުމަތު ކުރާ މައްސަލައަކާ ގުޅިގެނެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ޝާމިލުވި މީހުންކަމަށްބުނެ އެސެޓްރިކަވަރީ ކޮމިޝަނުން ތައްޔާރުކުރި ލިސްޓުގައި ދުންޔާ ވެސް ހިމެނެއެވެ. އެ ލިސްޓްގައިވާ ގޮތުން އެމްއެމްޕީއާރްސީ މެދުވެރިކޮށް ދުންޔާއަށް ދެ ލައްކަ ރުފިޔާ ނުވަތަ 13،000 ޑޮލަރު ލިބިފައިވެއެވެ. ނަމަވެސް އޭނާ އެކަން ދޮގުކުރެއެވެ.

Political persecution, lies & harassment! I have never stolen even 1 rufiya from the Government & the people of Maldive. Dragged to ACC! Will fight for truth and justice always, Insha Allah, pic.twitter.com/idYFreRTkH
— Dunya Maumoon (@dunyamaumoon) December 14, 2022
ދުންޔާ އޭސީސީއަށް ހާޒިރުކުރުމަށް ފޮނުވާފައިވާ ޗިޓުގައިވާ ގޮތުގައި އޭނާ އޭސީސީއަށް ހާޒިރުކުރީ 2014 ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން 2015 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް އެމްއެމްޕީއާރްސީ ބޭނުންކޮށްގެން ސަރުކާރު ހިއްސާވާ ކުންފުނިތައް މެދުވެރިކޮށް ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަމަށާއި އެ ދުވަސްވަރު ޓޫރިޒަމްގެ ބޭނުމަށް ރަށްތަކާއި ފަޅުތައް ކުއްޔަށްދޫކޮށްގެން ލިބުނު ފައިސާއަށްވެސް ހިޔާނަތްތެރިވާ ކަމަށް ތުހުމަތުކުރެވޭއިރު އެ ފައިސާ ދުންޔާއަށްވެސް ލިބުނު ކަމަށް ތުހުމަތު ކުރާ މައްސަލައަކާ ގުޅިގެނެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ޝާމިލުވި މީހުންކަމަށްބުނެ އެސެޓްރިކަވަރީ ކޮމިޝަނުން ތައްޔާރުކުރި ލިސްޓުގައި ދުންޔާ ވެސް ހިމެނެއެވެ. އެ ލިސްޓްގައިވާ ގޮތުން އެމްއެމްޕީއާރްސީ މެދުވެރިކޮށް ދުންޔާއަށް ދެ ލައްކަ ރުފިޔާ ނުވަތަ 13،000 ޑޮލަރު ލިބިފައިވެއެވެ. ނަމަވެސް އޭނާ އެކަން ދޮގުކުރެއެވެ.
ކިޔުންތެރިންގެ ހިޔާލު