އިބްރާހިމް ފަހީމް   14 ޑިސެމްބަރު 2022 - 19:13
"ފެލާލައިފި"ގެ ނަމުގައި އިދިކޮޅު ޕީޕީއެމުން ހާއްސަ ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ.

ޕީޕީއެމުން މިއަދު ބުނީ، "ފެލާލައިފި"ގެ ނަމުގައި މި ޖަލްސާ ބާއްވަން ނިންމީ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ނުފުއްދައި، ރައްޔިތުންގެ އަތުން ނަގަމުންދާ ޓެކްސް ބޮޑުކޮށް، ތަކެތީގެ އަގު އުފުލި، ހިދުމަތްތަކުގެ އަގު ބޮޑުވެ، އެކި ނަންނަމުގައި ރައްޔިތުން ޖޫރިމަނާކޮށް ރައްޔިތުން "ފެލަމުންދާތީ" އެކަންކަމަށް އަޑުއުފުލުމުގެ ގޮތުން ކަމަށެވެ.

"ފެލާލައިފި" ޖަލްސާ ބާއްވަން ހަމަޖެހިފައިވަނީ 23 ޑިސެންބަރު 2022 ވަނަ ދުވަހުގެ ރޭ 8:30 ގައި ކާނިވާ ސަރަހައްދުގައި ކަމަށް ވެސް އެ ޕާޓީން މައުލޫމާތު ދެއެވެ.

އިދިކޮޅުން ބޮޑު ޖަލްސާއެއް ބާއްވަން ނިންމާފައިވާއިރު މީގެ ކުރިންވެސް އިދިކޮޅު ކޯލިޝަނުންވަނީ މާލޭގައި ބޮޑެތި ޖަލްސާތަކެއް ބާއްވާފައެވެ. އެގޮތުން އެންމެފަހުން އިދިކޮޅުން ބޭއްވި އެންމެ ބޮޑު އެއް ޖަލްސާއަކީ ރައީސް ޔާމީނަށް ރިޔާސީ ޓިކެޓު ހަވާލު ކުރުމަށް ބޭއްވި ޖަލްސާއެވެ.



ކިޔުންތެރިންގެ ހިޔާލު