ކުރިއަށް އޮތް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި މޯލްޑިވްސް ނެޝަނަލް ޕާޓީން ވާދަކުރަށްވާ ކެންޑިޑޭޓުގެ ޓިކެޓް އެ ޕާޓީގެ ރައީސް ކާނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމަށް ދީފިއެވެ.
ނާޒިމަށް ޓިކެޓް ދީފައިވަނީ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީއަށް އިތުރު މީހަކު ކުރިމަތިލާފައި ނުވާތީއެވެ.
އެމްއެންޕީގެ ސްޕޯކްސްޕާސަން ޝިދާތާ ޝަރީފް މިއަދު ވިދާޅުވީ، ޕާޓީގެ އަސާސީ ގަވާއިދުގެ 36 ވަނަ މާއްދާގެ (ރ) އަދި ޕާޓީގެ ރިޔާސީ އިންތިހާބުގެ ޕްރައިމަރީ ކުރިޔަށް ގެންދާނެ އުސޫލުގެ 6 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން މިޕްރައިމަރީއަށް ކުރިމަތިލީ ނާޒިމް އެކަނިކަމުން ޕްރައިމަރީއަކާނުލާ، ޕާޓީގެ ރައީސް ނާޒިމަށް ޓިކެޓް ލިބިފައިވާ ކަމަށެވެ.
އެމްއެންޕީ އުފެއްދިތާ އަދިވީ މަދު ދުވަސްކޮޅެކެވެ. ނަމަވެސް ޕާޓީގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ ވެރިކަމަށް އައުންކަމަށް އެ ޕާޓީން ކުރިންވެސް އޮތީ ބުނެފައެވެ. އަދި ދަގެނތީ ދާއިރާގެ މެންބަރުކަންވެސް ކުރައްވާ ނާޒިމް ފުރަތަމަ ދުވަހުންފެށިގެންވެސް ގެންދަވަނީ ޕްރައިމަރީގައި ވާދަ ކުރައްވާނެކަމަށް ވިދާޅުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު