މިދިޔަ އޯގަސްޓްމަހު އަނިޔާވެރި ގޮތަކަށް މަރާލާފައި އޮތްވާ ފެނުނު އުމުރުން 22 އަހަރުގެ ޝިއާއު މުހައްމަދު ސައީދު (ޝިއާ) މަރާލި މައްސަލާގައި ދައުވާކުރުމާއިމެދު މިމަހުގެ ތެރޭގައި ގޮތެއް ނިންމާނެކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހާމަކޮށްފިއެވެ.

އޯގަސްޓު މަހުގެ 7 ވަނަ ދުވަހު ހ. ޝީރީންވިލާގައި މަރާލާފައި އޮއްވާ ފެނުނު ޝިއާރުގެ މަރުގެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ފ.ނިލަންދޫ، ފިނިފެންމާގޭ، ޢުމުރުން 23 އަލީ ޝާހިލްއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ މިމައްސަލައިގެ ފުލުހުންގެ ތަހުގީގަށް ބެލުމަށްފަހު މިމަސް ނިމުމުގެ ކުރިން ދައުވާކުރުމާއި މެދު ގޮތެއް ނިންމުމަށް ހަމަޖެހިފައިވާކަމަށެވެ.

ފުލުހުން މީގެކުރިން ބުނީ ހ. ޝީރީންވިލާގޭގެ އެޕާޓްމަންޓެއްގައި އޮގަސްޓް 6 ވަނަ ދުވަހުގެ ރޭ ޝިއާއު މަރުވެފައި ވަނީ ހަށިގަނޑަށް ދީފައިވާ އަނިޔާތަކުގެ ސަބަބުން ކަމަށާއި އެނާގެ ހަށިގަނޑަށް ވަރަށް ގިނަ އަނިޔާތަކެއް ދީފައިވާކަމަށެވެ.

ފުލުހުން ބުނީ ޝިއާއުގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި ޝާހިލްގެ މައްޗަށް ކުށް ސާބިތުވާ ވަރަށް ހެކި ލިބިފައިވާ ކަމަށާއި މަރައިލި ގޮތުގެ ތަފުސީލު ވެސް އެބަހުރި ކަމަށެވެ.

މި މައްސަލާގައި ފުލުހުން މިހާތަނަށް ބެލި ބެލުމުން މިކަމުގައި އިތުރު އެއްވެސް މީހެއްގެ ބައިވެރިވުމެއް އޮތްކަން އަދި ތަހުގީގަށް އެނގިފައި ނުވާކަމަށާ، އަދި މިއީ ކުރިން ރޭވިގެން ހިންގާފައިވާ އަމަލެއްކަމަށް ނުބެލެވޭ ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.



ކިޔުންތެރިންގެ ހިޔާލު