ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލެ ސިޓީގައި ރޭ ހިންގި އޮޕަރޭޝަނެއްގައި ގިނައަދަދެއްގެ ބަނގުރާ ފުޅިތަކަކާއެކު ދެ މީހުން ހައްޔަރުކޮށްފިއެވެ.

އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓުން ރޭ ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 32 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ.

އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ އެ މީހުން ދުއްވި ކާރު ސިނަމާލެ ބްރިޖުމަތިން ހުއްޓުވައި ބަލައި ފާސްކުރިއިރު 264 ފުޅި ބަނގުރާ ފެނުމާ ގުޅިގެންކަމަށް ފުލުހުން ބުނެއެވެ.



ފުލުހުން ބުނީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން ދަނީ މި މައްސަލަ ތަހުގީގުކުރަމުންކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު