އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫން އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީއަށް ހާޒިރުވެވަޢައިގެންނެވުމަށް އަންގައިފިއެވެ.
އޭސީސީއަށް ދުންޔާ ހާޒިރުކުރުމަށް ނިންމާފައިވަނީ މިއަދު 11:00 ޖަހާއިރަށެވެ. ނަމަވެސް އޭނާ ހާޒިރުކުރަނީ އެމްއެމްޕީއާރުސީގެ ކޮން މައްސަލައަކާއި ގުޅިގެންކަމެއް ސާފެއް ނޫނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ދުންޔާ ހާޒިރު ކުރަނީ އޭސީސީން ކުރަމުންދާ ތަހުގީގުގައި ދުންޔާއާއި ގުޅުން އޮތް މައްސަލައެއްގެ ތަހުގީގަށެވެ.
މީގެ ކުރިންވެސް ދުންޔާ ހާޒިރުވުމަށް އޭސީސީން އަންގާފައިވެއެވެ. ނަމަވެސް ދުންޔާގެ ފަރާތުން އޭސީސީއަށް ޙަޒިރުވެފައިވަނީ އޭނާގެ ޤާނޫނީ ވަކީލެވެ.
އެމްއެމްޕީއާރުސީގެ މައްސަލައިގައި ދައުލަތުގެ އިސް މަޤާމުތަކެއް ފުރުއްވާފައިވާ ބޭފުޅުންނާއި މިހާރުގެ ސަރުކާރުގެ ބައެއް ބޭފުޅުންވެސް ވަނީ ހާޒިރުކޮށްފައެވެ. ނަމަވެސް މާގިނަ ބަޔަކާއި ދެކޮޅަށް ދައުވާތަކެއްކޮށްފައެއް ނުވެއެވެ.
އެމް.އެމް.ޕީ.އާރު.ސީ މެދުވެރިކޮށް ހިންގާފައިވާ ވައްކަމާއި ޚިޔާނާތުގެ މައްސަލައިގައި ބައިވެރިވިކަމަށް ނުވަތަ މަންފާ ލިބުނުކަމަށް ތުހުމަތުކުރެވޭ 281 މީހެއްގެ ނަން ރައްޔިތުންގެ މަޖިލީހުން އާންމުކުރި ލިސްޓުގައި ހިމެނެއެވެ. އޭގެ ތެރޭގައި ދަޢުލަތުގެ އެކިއެކި މަޤާމުގައި ތިބި 119 މީހަކު ހިމެނެއެވެ. މީގެ ތެރޭގައި މިހާރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން 16 މެންބަރަކުވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު