ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) އުވާލަން ނިންމާ، އެ ޕާޓީން ސިޔާސީ އެއްވެސް ހަރަކާތެއް ނުހިންގާން އަންގައިފިއެވެ.
މިކަން ހާމަކޮށް އިލެކްޝަންސް ކޮމިޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނީ، ގާނޫނު ނަންބަރު 2013/4 (ސިޔާސީޕާޓީގެ ގާނޫނު) ގެ 12 ވަނަ މާއްދާއިން ސިޔާސީ ޕާޓީއެއް ވުޖޫދުގައި އޮތުމަށް ގާނޫނު ލާޒިމުކުރާ 3000 މެންބަރުން ހަމަކުރުމަށް، ދިވެހި ރައްޔިތުންގެ ޕާޓީއަށް އެ ގާނޫނުގެ 28 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން 3 މަސް ދުވަހުގެ މުއްދަތު ދެވި އެމުއްދަތު 2022 އޮކްޓޯބަރ 25 އަށް ހަމަވިއިރު، 3000 މެންބަރުން އެ ޕާޓީއަށް ހަމަވެފައި ނުވާތީ، ސިޔާސީ ޕާޓީގެ ގާނޫނުގެ 30 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން، ޕާޓީ އުވާލުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.
މި ނިންމުމާ ގުޅިގެން ކޮމިޝަނުންވަނީ އެ ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުންނާ ބައްދަލު ކޮށްފައި ކަމަށާއި ޕާޓީގެ ނަމުގައި އެއްވެސް ސިޔާސީ ހަރަކާތެއް ނުހިންގުމަށާއި، ސިޔާސީ ޕާޓީގެ ގާނޫނުގައި ބުނާ ގޮތުގެ މަތީން ޕާޓީ އުވާލުމުގެ އިޖުރާއާތު ފުރިހަމަ ކުރުމަށް އެ ޕާޓީއަށް ވަނީ ލިޔުމުން އަންގާފައި ކަމަށް ކޮމިޝަންގެ ބަޔާނުގައި ވަނީ ބުނެފައެވެ.
ޑީއާރުޕީއަކީ ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެއްދުމުގެ ހުއްދަ ދިނުމާއިއެކު އޭރުގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމް އިސްވެ ހުންނަވާ އުފެއްދެވި ޕާޓީއެކެވެ. ނަމަވެސް، ފަހުން ޑީއާރުޕީ ދޫކުރައްވާ އެމަނިކުފާނު އުފެއްދެވީ ޕީޕީއެމެވެ. އެދުވަހަށްފަހު އެ ޕާޓީއޮތީ ހަވާލުވާނެ މީހަކު ނެތި ދަރަނީގައެވެ. އަދި މިހާރު އެ ޕާޓީގެ ކަންކަމުގައި އުޅުއްވަނީ ކާށިދޫ ދާއިރާގެ މެންބަރު ޖާބިރެވެ.

https://t.co/MmqU7iQR0O pic.twitter.com/LcqLip7WKG
— Elections Commission (@ElectionsMv) December 13, 2022
މި ނިންމުމާ ގުޅިގެން ކޮމިޝަނުންވަނީ އެ ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުންނާ ބައްދަލު ކޮށްފައި ކަމަށާއި ޕާޓީގެ ނަމުގައި އެއްވެސް ސިޔާސީ ހަރަކާތެއް ނުހިންގުމަށާއި، ސިޔާސީ ޕާޓީގެ ގާނޫނުގައި ބުނާ ގޮތުގެ މަތީން ޕާޓީ އުވާލުމުގެ އިޖުރާއާތު ފުރިހަމަ ކުރުމަށް އެ ޕާޓީއަށް ވަނީ ލިޔުމުން އަންގާފައި ކަމަށް ކޮމިޝަންގެ ބަޔާނުގައި ވަނީ ބުނެފައެވެ.
ޑީއާރުޕީއަކީ ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެއްދުމުގެ ހުއްދަ ދިނުމާއިއެކު އޭރުގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމް އިސްވެ ހުންނަވާ އުފެއްދެވި ޕާޓީއެކެވެ. ނަމަވެސް، ފަހުން ޑީއާރުޕީ ދޫކުރައްވާ އެމަނިކުފާނު އުފެއްދެވީ ޕީޕީއެމެވެ. އެދުވަހަށްފަހު އެ ޕާޓީއޮތީ ހަވާލުވާނެ މީހަކު ނެތި ދަރަނީގައެވެ. އަދި މިހާރު އެ ޕާޓީގެ ކަންކަމުގައި އުޅުއްވަނީ ކާށިދޫ ދާއިރާގެ މެންބަރު ޖާބިރެވެ.
ކިޔުންތެރިންގެ ހިޔާލު