ރާއްޖޭގެ ޕްރައިވެޓް އެންމެ ބޮޑު ހޮސްޕިޓަލް އޭޑީކޭ ހޮސްޕިޓަލުން ދޭ ހިދުމަތްތަކުގެ އަގު ބޮޑުކުރަން ނިންމައިފިއެވެ.
މިކަން ހާމަކޮށްފައިވަނީ އެ ހޮސްޕިޓަލުން މިއަދު ނެރުނުބަޔާނެއްގައެވެ.
ބަޔާނުގައި ބުނެފައިވަނީ ކޮވިޑުގެ ސަބަބުން 2020 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ހީނަރުކަމާ ގުޅިގެން ތަކެތީގެ އަގު އުފުލި ހިދުމަތް ދިނުމަށް ކުރަންޖެހޭ ހަރަދު އިތުރުވެފައިވާ ކަމަށެވެ.
އެހެންކަމުން ދެމެހެއްޓެނިވި ގޮތެއްގައި ހިދުމަތް ދިނުމަށް އަންނަ ބުރާސްފަތި ދުވަހުން ފެށިގެން އެ ހޮސްޕިޓަލުން ދޭ ހިދުމަތްތަކުގެ އަގުތައް ބޮޑުކުރަން ނިންމާފައިވާ ކަމަށް އޭޑީކޭއިން ވަނީ ބުނެފައެވެ. އަދި އަގުތަކަށް ބަދަލު ގެންނަން ނިންމާފައިވަނީ އެކި ދުވަސްތަކަށް ބަހާލައިގެންކަމަށާއި އަގުތަކުގެ ތަފުސީލު ހޮސްޕިޓަލްގެ ކައުންޓަރުން ލިބެން ހުންނާނެކަމަށް ވެސް ބުނެފައިވެއެވެ.
އޭޑީކޭއިން ދޭ ހިދުމަތްތަކުގެ އަގު ބޮޑުކުރަން ނިންމާފައިވާއިރު، ދުނިޔެއަށް ދިމާވެފައިވާ އިގުތިސާދީ ދަތި ހާލަތާއި ގުޅިގެން ރާއްޖޭގައިވެސް ތަކެއްޗާއި ހިދުމަތުގެ އަގު އަންނަނީ އުފުލެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު