ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓެއް ކަނޑައެޅުމަށް އެމްއެންޕީން ބާއްވާ ރިޔާސި ޕްރައިމަރީގައި ވާދަކުރަން ދަނގެތި ދާއިރާގެ މެންބަރު އަދި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ފޯމް ހުށަހަޅުއްވައިފިއެވެ.
އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފަރާތުން ކުރިމަތިލާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު އެ ޕާޓީން ހުޅުވާލީ މިމަހުގެ 1 ވަނަ ދުވަހުއެވެ.
އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވީ އެމްއެންޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް މިއަދު ފޯމް ހުށަހަޅުއްވާފައިވާކަމަށެވެ.
އެމްއެންޕީގެ ޕްރައިމަރީގައި ވާދަކުރެއްވުމަށް ނާޒިމް ފޯމް ހުށަހަޅުއްވާފައިވާއިރު މިހާރުވެސް އެޕާޓީގެ ގިނަ މެންބަރުން ގެންދަވަނީ ނާޒިމްގެ ރިޔާސީ ކެމްޕޭން ކުރަށްވަމުންނެވެ. އެމްއެންޕީގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަމަހުގެ 14 ވަނަ ދުވަހުއެވެ.
ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް މިހާތަނަށް ކެނޑިޑޭޓެއް އިއުލާންކޮށްފައިވަނީ ޕީޕީއެމުން އެކަންޏެެވެ. އެ ޕާޓީގެ ރިޔާސީ ކެނޑިޑެޓެއްގެ ގޮތުގައި ރައީސް ޔާމީން ކަނޑައަޅާފައިވާއިރު ވެރިކަންކުރާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީވެސް އަންނަ މަހު ބޭއްވުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރުމުގެ ޝަޢުޤުވެރިކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ފާޅުކުރައްވާފައެވެ. މީގެއިތުރުން އެމްޑީއޭއާއި، ޖުމްހޫރީ ޕާޓީއާއި ޑީއާރުޕީންވެސް ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފައެވެ.

އެމްއެންޕީގެ ރިޔާސީ ޕްރައިމަރީގައި ބައިވެރިވުމަށް މިއަދު އަޅުގަނޑު ފޯމު ލައިފިން. އެމްއެންޕީ އަކީ ރައްޔިތުންނަށް އޮތް އާ އުންމީދެއް، އާ ފުރިހަމަ ވިސްނުމެއް! pic.twitter.com/5Qune9Ca8Z
— Mohamed Nazim MP (@nazim7878) December 13, 2022
އެމްއެންޕީގެ ޕްރައިމަރީގައި ވާދަކުރެއްވުމަށް ނާޒިމް ފޯމް ހުށަހަޅުއްވާފައިވާއިރު މިހާރުވެސް އެޕާޓީގެ ގިނަ މެންބަރުން ގެންދަވަނީ ނާޒިމްގެ ރިޔާސީ ކެމްޕޭން ކުރަށްވަމުންނެވެ. އެމްއެންޕީގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަމަހުގެ 14 ވަނަ ދުވަހުއެވެ.
ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް މިހާތަނަށް ކެނޑިޑޭޓެއް އިއުލާންކޮށްފައިވަނީ ޕީޕީއެމުން އެކަންޏެެވެ. އެ ޕާޓީގެ ރިޔާސީ ކެނޑިޑެޓެއްގެ ގޮތުގައި ރައީސް ޔާމީން ކަނޑައަޅާފައިވާއިރު ވެރިކަންކުރާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީވެސް އަންނަ މަހު ބޭއްވުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރުމުގެ ޝަޢުޤުވެރިކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ފާޅުކުރައްވާފައެވެ. މީގެއިތުރުން އެމްޑީއޭއާއި، ޖުމްހޫރީ ޕާޓީއާއި ޑީއާރުޕީންވެސް ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު