ރާއްޖޭގައި އެންމެ ފުރަތަމަ ފައިބަރ އޯޕަން އެކްސަސް ނެޓްވޯކެއް ގާއިމްކުރި ފަންބޮނޑި މޯލްޑިވްސްއިން ތ. ދިޔަމިގިލީ އޯޕަން އެކްސަސް ނެޓްވޯކެއް ގާއިމް ކުރުމަށް އެރަށު ކައުންސިލާއެކު އެއްބަސްވުމެއްގައި ސޮއިކޮށް އަމަލީ މަސައްކަތް ފަށައިފިއެވެ.
ދިޔަމިގިލީ ކައުންސިލްގައި ބޭއްވި ރަސްމިއްޔާތުގައި ފަންބޮނޑީގެ ފަރާތުން ސޮއިކުރީ އެކުންފުނީގެ ފައުންޑަރ އަދި މެނޭޖިންގ ޑިރެކްޓަރ މަސްއޫދު ހިލްމީއެވެ. އަދި ދިޔަމިގިލީ ކައުންސިލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކައުންސިލް ރައީސް އަހުމަދު މޫސާ މަނިކެވެ.
ދިޔަމިގިލީ ކައުންސިލް ރައީސް މަނިކު ވިދާޅުވީ ފައިބަރ ނެޓްވޯކެއް އެރަށުގައި ގާއިމްވެގެން ދިއުމަކީ ޓެކްނޮލޮޖީއަށް އަހްލުވެރިވުމަށް ހުޅުވިގެންދާ ވަރަށް މުހިއްމު ދޮރެއް ކަމަށެވެ.
ފަންބޮނޑިން އެންމެ ފުރަތަމަ މިފަދަ ނެޓްވޯކެއް ގާއިމްކޮށްފައި ވަނީ ވިލުފުށީގައެވެ. ފަންބޮނޑީގެ މި ނެޓްވޯކްގައި މިހާރު ވެސް ރާއްޖޭ އެންމެ ބޮޑު މުއާސަލާތީ ދެކުންފުނި، އުރީދޫ އާއި ދިރާގުން ވެސް ހިދުމަތް ފޯރުކޮށްދެމުންގެންދެއެވެ.
ފައިބަރ އޯޕަން އެކްސެސް ނެޓްވޯކްތަކަކީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައިވެސް މުއާސަލާތީ ވަސީލާތްތައް ފޯރުކޮށްދިނުމަށް ބޭނުންކުރާ ޒަމާނީ ނިޒާމެކެވެ.

ކިޔުންތެރިންގެ ހިޔާލު