ރާއްޖެއިން ތިމާވެށީގެ ރޮނގުންނާއި ޑިމޮކްރަސީގެ ރޮނގުން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވައި، އެކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ތައުރީފް ކުރައްވައިފިއެވެ.
ރާއްޖެއިން ކުރަމުންދާ މަސައްކަތްތަަށް އެމެރިކާގެ ރައީސް ތައުރީފް ކުރެއްވީ ރާއްޖެއިން އެމެރިކާއަށް ކަނޑައެޅި އައު ސަފީރު އަބްދުލް ޣަފޫރު މޫސާ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު އެމެރިކާގެ ރައީސް ޖޯ ބައިޑަންއަށް މިއަދު އެރުވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.
ފަތްކޮޅު އެރުވުމަށްފަހު ބޭއްވި ބައްދަލުކުރެއްވުމުގައި އެމްބެސެޑަރ ޣަފޫރު ވަނީ ރާއްޖޭގެ ރައްޔިތުންނާއި، ސަރުކާރުގެ ހެޔޮ އެދުންތައް އެމެރިކާގެ ސަރުކާރާއި ރައްޔިތުންނަށް އަރިސްކޮށްފައެވެ. އަދި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުންވެސް މި ބައްދަލުކުރެއްވުމުގައި ވަނީ މަޝްވަރާކުރައްވާފައެވެ.
މިބައްދަލުކުރެއްވުމުގައި އެމެރިކާގެ ރައީސް ޖޯ ބައިޑަން ދެއްކެވި ވާހަކަފުޅުގައި ވަނީ ތިމާވެށީގެ މައްސަލަތަކާއި ޑިމޮކްރަސީ އަދި ސެކިއުރިޓީގެ ދާއިރާއިން ސަރަހައްދީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ކުރާ މަސައްކަތުގައި ރާއްޖެއަކީ އިސްކޮށް ހަރަކާތްތެރިވާ ގައުމެއްކަން ފާހަގަ ކުރަށްވާފައެވެ. ތިމާވެށީގެ މައްސަލަތަކުން އަރައިގަނެ، އެކަންކަމަށް ހައްލު ހޯދަން ރާއްޖެއިން ކުރާ މަސައްކަތަށްވެސް ޖޯ ބައިޑަން ތައުރީފް ކުރެއްވިއެވެ.
އެމްބެސެޑަރ ޣަފޫރު ދެއްކެވި ވާހަކަފުޅުގައި ރައީސް ސާލިހުގެ ހާރިޖީ ސިޔާސަތު ބިނާވެފައި އޮންނަނީ ގައުމުތަކާއި ގުޅުން ބަދަހިކުރުންކަން ފާހަގަކުރެއްވިއެެވެ. އަދި ރައީސް ސާލިހުގެ ޒައާމަތުގައި އެމެރިކާގައި ރާއްޖޭގެ ރެސިޑެންޓް މިޝަނެއް އަލުން ހުޅުވިގެން ދިއުމަކީ ދެ ގައުމުގެ ގުޅުން ބަދަހިވަމުންދާކަމުގެ ހެއްކެއްކަމަށް ޣަފޫރު ވިދާޅުވިއެވެ.
މީގެއިތުރުން ރާއްޖޭގައި އެމެރިކާގެ އެމްބަސީއެއްވެސް ހުޅުވިފައިވާކަން ފާޖަގަކުރައްވާ، މިއީ ކިތަންމެ ދުރުގައި އޮތްނަމަވެސް ރާއްޖެއާއި އެމެރިކާގެ ގުޅުން ރަމްޒުކޮށްދޭ ކަންކަންކަމަށް ޣަފޫރު ވިދާޅުވިއެވެ.

New Ambassador of Maldives, Abdul Ghafoor Mohamed, presents Credentials to President Biden
— Ministry of Foreign Affairs 🇲🇻 (@MoFAmv) December 13, 2022
📃 Press Release | https://t.co/wCsp8qcUm6 pic.twitter.com/FyYKLsusvg
މިބައްދަލުކުރެއްވުމުގައި އެމެރިކާގެ ރައީސް ޖޯ ބައިޑަން ދެއްކެވި ވާހަކަފުޅުގައި ވަނީ ތިމާވެށީގެ މައްސަލަތަކާއި ޑިމޮކްރަސީ އަދި ސެކިއުރިޓީގެ ދާއިރާއިން ސަރަހައްދީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ކުރާ މަސައްކަތުގައި ރާއްޖެއަކީ އިސްކޮށް ހަރަކާތްތެރިވާ ގައުމެއްކަން ފާހަގަ ކުރަށްވާފައެވެ. ތިމާވެށީގެ މައްސަލަތަކުން އަރައިގަނެ، އެކަންކަމަށް ހައްލު ހޯދަން ރާއްޖެއިން ކުރާ މަސައްކަތަށްވެސް ޖޯ ބައިޑަން ތައުރީފް ކުރެއްވިއެވެ.
އެމްބެސެޑަރ ޣަފޫރު ދެއްކެވި ވާހަކަފުޅުގައި ރައީސް ސާލިހުގެ ހާރިޖީ ސިޔާސަތު ބިނާވެފައި އޮންނަނީ ގައުމުތަކާއި ގުޅުން ބަދަހިކުރުންކަން ފާހަގަކުރެއްވިއެެވެ. އަދި ރައީސް ސާލިހުގެ ޒައާމަތުގައި އެމެރިކާގައި ރާއްޖޭގެ ރެސިޑެންޓް މިޝަނެއް އަލުން ހުޅުވިގެން ދިއުމަކީ ދެ ގައުމުގެ ގުޅުން ބަދަހިވަމުންދާކަމުގެ ހެއްކެއްކަމަށް ޣަފޫރު ވިދާޅުވިއެވެ.
މީގެއިތުރުން ރާއްޖޭގައި އެމެރިކާގެ އެމްބަސީއެއްވެސް ހުޅުވިފައިވާކަން ފާޖަގަކުރައްވާ، މިއީ ކިތަންމެ ދުރުގައި އޮތްނަމަވެސް ރާއްޖެއާއި އެމެރިކާގެ ގުޅުން ރަމްޒުކޮށްދޭ ކަންކަންކަމަށް ޣަފޫރު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު