ރާއްޖެއަކީ ކަނޑުގެ ސަރަހައްދު ބޮޑު ޤައުމަކަށްވާއިރު ރާއްޖޭގައި މިއަށްވުރެ ސަފާރީ އުޅަނދުތައް އިތުރުވާންޖެހޭކަމަށް ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް މިހެން ވިދާޅުވީ މިއަހަރުގެ މޯލްޑިވްސް ބޯޓިން އެވޯޑްސް ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މޯލްޑިވްސް ބޯޓިންގ އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ މައުސޫމް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގައި ލިބެމުންދާ ކާމިޔާބީތަކުގައި ބޯޓިން ދާއިރާގެ ހިއްސާ ބޮޑުކަން ފާހަގަކުރައްވާފައެވެ. އެގޮތުން މިފަހުން ރާއްޖޭގެ ފަތުރުވެރިކަމުގައި ލިބުނު އެންމެ ބޮޑު 2 ކާމިޔާބީކަމުގައިވާ ވިދިވިދިގެން 3 އަހަރު ވޯލްޑްސް ލީޑިންގ ޑެސްޓިނޭޝަންގެ އެވޯޑް ހާސިލްކުރުމުގައިވެސް ބޯޓިން ސިނާއަތުން ދީފައިވާ އެއްބާރުލުން މިނިސްްޓަރ ފާހަގަކުރެއްވިއެެވެ.
ޓޫރިޒަމް މިނިސްޓަރ ވިދާޅުވީ، ރާއްޖޭގައި މިއަދު މުޅި ޖުމްލަ 158 ސަފާރީ އެބައޮތްކަމަށާއި މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ އެނދުގެ ނިސްބަތައް ބަލާނަމަ 5 އިންސައްތަ އެނދެވެ.
މިނިސްޓަރ ވިދާޅުވީ، ރާއްޖެއަކީ ކަނޑުގެ ސަރަހައްދު ބޮޑު ޤައުމަކަށްވާއިރު މިއަށްވުރެ ސަފާރީ އުޅަނދުތައް އިތުރުވާންޖެހޭކަމަށާއި މިކަމުގައި ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމެއްގެ ގޮތުގައި ވެފައިވަނީ ރާއްޖޭގެ ސަފާރީތައް ތަރައްޤީވަމުން އައި ބާރުމިނުގައި މި ދާއިރާގެ އިންފްރާސްޓްރަކްޗަރ ތަރައްޤީނުވުންކަމަށެވެ. އަދި ސަރުކާރުން މިހާރު ތަރައްޤީކުރަމުން އަންނަ ދިޔަނެރު ބަނދަރު ނިމުމުން ސަފާރީތަކަށް މިހާރު ދިމާވެފައިވާ ދަތިތަކަށް ހައްލު ލިބިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"ސަފާރީ އުޅަނދުތައް ތަރައްޤީވި ވަރަށް އެއަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ މުޅިން ތަރައްޤީކުރެވިފައެއް ނެތް. އެހެންނަމަވެސް އެނގިވަޑައިގަންނަވާނެ ބޯޓިން އެސޯސިއޭޝަނާއި ސަރުކާރާއި ކުރެވެމުންދާ މަޝްވަރާގެ ތެރެއިން ޚާއްސަކޮށް ދިޔަނެރު 2 ގައި ހަދާ ބޯޓުތަކަށް ބަނދަރު ކުރެވޭގޮތައް އަދި ސަރވިސް ސެންޓަރާއި އެކު ހަދާ ތަނުގެ ވާހަކަ ދެކެވި އެއާއިބެހޭގޮތުން އަޅުގަނޑު ހިތުން މިހާރު އެ ނިމިފައިއޮތް ކޮންސެޕްޓް ނިންމާލެވުނީމަ އެންމެ މުހިންމު ކަމަށް ހައްލެއް ލިބޭނެ." މިނިސްޓަރ ވިދާޅުވިއެވެ.
މޯލްޑިވްސް ބޯޓިންގ އެވޯޑަކީ، ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ސަފާރީތަކަށް މިދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ދެމުންއަންނަ އެވޯޑެކެވެ.

ކިޔުންތެރިންގެ ހިޔާލު