ފޭކު ވާހަކަތަކަށް ރައްޔިތުން ނުހެއްލޭނެ ކަމަށާއި ޝެޑިއުލާ އެއްގޮތަށް ތިލަމާލެ ބްރިޖްގެ މަސައްކަތްތަށް ކުރިއަށްދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.
އިދިކޮޅު ފަރާތްތަކާއި ވަކިން ޚާއްސަކޮށް، ޕީޕީއެމަށް ނިސްބަތްވާ މާވަށު ދާއިރާގެ މެމްބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ގެންދަވަނީ ބްރިޖްގެ މަސައްކަތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެެވެ. ސައީދު ވިދާޅުވީ ބްރިޖް ހަދަން އިންޑިއާގެ އެފްކޮންސް ކުންފުނިން މާލެއާއި ހުޅުމާލެއާ ދެމެދު ޗައިނާ އިން ބްރިޖް އަޅަން ބޭނުންކުރި ޓެކްނޮލޮޖީ ވެސް ބޭނުން ކުރަމުންނުދާ ކަމަށެވެ.
އެކަމާ ގުޅިގެން ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވަނީ ފާޑު ކިޔާ މީހުން ބްރިޖްގެ ތަނބު ޖަހައިދޭން ދާންވީ ނޫންތޯ ވެސް ސުވާލުކުރަށްވާފައެވެ. ޗައިނާ މީހުން ބޭނުންކުރި ޖަރުމަން ޓެކްނޮލެޖީ އިންޑިޔާ މީހުން ވެސް ބޭނުންކުރާ ކަމަށް ނިހާދު ވިދާޅުވިއެވެ.
"ހުޅުމާލެ ބްރިޖް އެޅި އިރު ވެސް ފާޑުފާޑުގެ ވާހަކަ ދެކެވުނު. ބްރިޖް އޮޔާދާ ވާހަކަ އާއި ތަނބު ހަރުނުލާ ވާހަކަ." ބްރިޖް މަސައްކަތްތަކަށް ފާޑުކިޔާ ފަރާތްތަކަށް ރައްދު ދެއްވަމުން ނިހާދު ވިދާޅުވި އެވެ.
މީގެ އިތުރުން ނިހާދު ވިދާޅުވީ ފޭކް ވާހަކަތަކުން ރައްޔިތުންނަށް އޮޅުވައެއް ނުލެވޭނެ ކަމަށާއި ތިލަމާލެ ބްރިޖް މަސައްކަތާއި ގުޅުވައިގެން އިދިކޮޅު ފަރާތްތަކުން ދައްކަނީ ސިޔާސީ ވާހަކަތަކެއް ކަމަށެެވެ. އަދި އެފްކޮންސް އަށް ބްރިޖް އެޅޭނެ ކަމަށާއި އެކަން ޝެޑިއުލާ އެއްގޮތަށް ކުރިއަށްދާނެ ކަމަށް ވެސް ނިހާދު ވިދާޅުވިއެވެެ.

Thambu jahan dhaskoh dheyn dhaan vee nu? 😂😂😂
— Feydhoo Meehaa (Mohamed Nihad) (@nihad_m) December 12, 2022
China Meehun beynun kuri German technology India meehun ves beynun Kurey… Hulhumale bridge Elhi Iru Ves faadu faadu Vaahaka dhekevunu… bridge oyaa dhaa Vaahaka aai thambu Haru nulaa vaahaka 😂😂😂
Raajje Politics enmenah Saafu!!
"ހުޅުމާލެ ބްރިޖް އެޅި އިރު ވެސް ފާޑުފާޑުގެ ވާހަކަ ދެކެވުނު. ބްރިޖް އޮޔާދާ ވާހަކަ އާއި ތަނބު ހަރުނުލާ ވާހަކަ." ބްރިޖް މަސައްކަތްތަކަށް ފާޑުކިޔާ ފަރާތްތަކަށް ރައްދު ދެއްވަމުން ނިހާދު ވިދާޅުވި އެވެ.
މީގެ އިތުރުން ނިހާދު ވިދާޅުވީ ފޭކް ވާހަކަތަކުން ރައްޔިތުންނަށް އޮޅުވައެއް ނުލެވޭނެ ކަމަށާއި ތިލަމާލެ ބްރިޖް މަސައްކަތާއި ގުޅުވައިގެން އިދިކޮޅު ފަރާތްތަކުން ދައްކަނީ ސިޔާސީ ވާހަކަތަކެއް ކަމަށެެވެ. އަދި އެފްކޮންސް އަށް ބްރިޖް އެޅޭނެ ކަމަށާއި އެކަން ޝެޑިއުލާ އެއްގޮތަށް ކުރިއަށްދާނެ ކަމަށް ވެސް ނިހާދު ވިދާޅުވިއެވެެ.
ކިޔުންތެރިންގެ ހިޔާލު