މަސްވެރިކަމުގައި ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން ހިންގާ މަސްވެރިކަމުގެ މަޝްރޫޢުތައް ޕްލޭނާއި އެއްގޮތަށް ކުރިއަށްދާކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ފައްޔާޒު މިހެން ވިދާޅުވީ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ގދ. ފަރެސްމާތޮޑާގައި ކުރިއަށްދިޔަ ހަރަކާތްތަކުގެ ތެރެއިން މަސްވެރިންނާއެކު ސަރުކާރުގެ އިސްވެރިން ބޭއްވި ބައްދަލުވުމުގައެވެ.
މި ބައްދަލުކުރެއްވުމުގައި ފައްޔާޒް ވިދާޅުވީ މިފްކޯއަށް މަސްކިރުވުމުގައި ހުރި ދަތިތައް ހައްލުކުރުމަށް 12000 މެޓްރިކް ޓަނުގެ ކެޕޭސިޓީއެއް ބޭނުންވާ ކަމަށެވެ. އަދި މިހާރު ކުރިއަށް ރޭވިފައިވާ މަޝްރޫޢުތަކާއި އެކު އެ މިންވަރަށް ކެޕޭސިޓީ އިތުރުވެގެންދާނެކަމަށްވެސް މިނިސްްޓަރ ވިދާޅުވިއެވެ.
ފައްޔާޒްގެ ވާހަކަފުޅުގައި ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ތަރައްޤީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވާ، މިފްކޯގެ ކެޕޭސިޓީ އިތުރުކުރުމަށް އިސްކަންދެއްވާކަމަށް ވިދާޅުވިއެވެ.
"މަސައްކަތްކުރީ ފެލިވަރުގައި 4000 ޓަނަށް އިތުރުކޮށްފައި، ކޫއްޑޫ 6000 ޓަނަށް ގެނައުމަށް، ތިނަދޫގައި 1000 ޓަނާއި، މުލަކުގައި 500 ޓަނު އަދި އިހަވަންދޫ ހިސާބު 500 ނޫނީ 1000 ޓަނުގެ މަސައްކަތްކުރެވެމުންދަނީ، މިކަންކަން ކުރެވުނީމާ މި މައްސަލައަށް ހައްލެއް ލިބިގެންދާނެ،" މިނިސްޓަރ ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވީ މަސްވެރިކަމަށް ހިންގާ މަޝްރޫޢުތައް ސަރުކާރުގެ ޕްލޭނާއި އެއްގޮތަށް ކުރިއަށްދާކަމަށާއި އެހެންނަމަވެސް އެ މަސައްކަތްތަކަކީ ވަގުތު ނަގާނެކަމެއްކަމަށެވެ.
މިފްކޯއަށް މަސްކިރާ ކެޕޭސިޓީ އިތުރުކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިފްކޯގެ ސްޓޯރޭން ކެޕޭސިޓީ އިތުރުކުރުމަށް މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް ސަރުކާރުން ދަނީ ހިންގަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު