ހދ. ނޮޅިވަރަމްގައި އަނބިމީހާ މަރާލި ކަމުގެ ތުހުމަތު ކުރެވޭ އަބޫބަކުރު ފައިސަލް ފުލުހުންގެ ގޮޅީގައި އަމިއްލައަށް މަރުވާން މަސައްކަތްކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ ބުނީ އަނބިމީހާ މަރާލި ކަމަށް ތުހުމަތުކުރެވޭ އަބޫބަކުރު ފައިސަލް ބަންދުކޮށްފައި ހުރި ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގެ ގޮޅީގައި މިރޭ 11:15 ހާއިރު ދަންޖެހި އަމިއްލައަށް މަރުވާން މަސައްކަތްކޮށްފައިވާ ކަމަށެވެ. އަދި އޭނާއަށް މިވަގުތު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ބުނެއެވެ.
މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން، އެޗްއާރްސީއެމް އަދި އެންއައިސީއަށް ހުށަހަޅައިގެން ބަލަމުންދާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ނިޝާމާ މަރާލި ކަމުގެ ތުހުމަތު ކުރެވޭ ފައިސަލް ހައްޔަރުކޮށްފައިވަނީ ނޮޅިވަރަމުން ފުރައިގެން އެ އަތޮޅު ކުޅުދުއްފުއްޓަށް ގޮސް ކުޅުދުއްފުށީ ފުލުހުންނާ އަމިއްލައަށް ހަވާލުވުމުންނެެވެ. ނިޝާމާގެ މަރުގެ މައްސަލަައިގައި ޝައްކު އުފެދޭ ކަންތައްތަކެއް ހުރުމުން ފައިސަލްގެ މައްޗަށް ތުހުމަތުކުރެވި އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓްއަމުރެއްގެ ދަށުން ކަމަށް ފުލުހުން ބުންޏެވެ. ފައިސަލްގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތަށް ބަންދުގައި މުއްދަތެއް ކޯޓުން ވަނީ ދީފައެވެ.
މިދިޔަ ހޮނިހިރު ދުވަހު ނިޝާމާ، އޭނާ ދިރިއުޅޭ ގޭގެ ކޮޓަރީގައި މަރުވެފައި އޮއްވައި ފެނިގެން، އެ ރަށު ސިއްހީ މަރުކަޒަށް ގެންދިޔަކަމަށާއި މަރުކަޒަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ފުލުހުން ބުނެއެވެ. ނިޝާމާ މަރުވި ސަބަބު ހޯދަން ޕޯސްޓްމޯޓަމް ހަދަން ނިންމައި އޭނާގެ ހަށިގަނޑު މިހާރު ވަނީ މާލެ ގެނެސްފައެވެ.
ނިޝާމާއާއި ފަައިސަލް ކައިވެނިކޮށްގެން އެ ކައިވެންޏަށް ތިން ކުދިން ވަނީ ލިބިފައެވެ. އދ. ފެންފުއްޓަށް ނިސްބަތްވާ ފައިސަލް އުޅެނީ ނޮޅިވަރަމް ފެނަކަ ބްރާންޗްގެ ޓެކްނީޝަނެއްގެ ވަޒީފާގައެވެ.

ކިޔުންތެރިންގެ ހިޔާލު