މިހާރު އަޅަމުންދާ ތިލަމާލެ ބްރިޖަކީ ކުރީ ސަރުކާރުން ތަފުސީލު ސާވޭއެއްކޮށް ނިންމާފައި އޮތް މަސައްކަތެއްކަމަށް މާލެ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އިދިކޮޅު ޕީޕީއެމުން މިރޭ ކުރިއަށް ގެންދިޔަ ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، މިހާރު އަޅަމުންދާ ބްރިޖުގެ ސާވޭގެ މަސައްކަތަށްކަމަށް ބުނެ ތިރީހަކަށް މިލިއަން ރުފިޔާ މި ސަރުކާރުން ހަރަދުކޮށްފައިވާ ކަމަށެވެ. ނަމަވެސް، އެ ބްރިޖުގެ ސާވޭގެ މަސައްކަތަކީ ރައީސް ޔާމީންގެ ސަރުކާރުގައި 2016 ވަނަ އަހަރުން ފެށިގެން 2017 ގެ އޭޕްރީލާއި ހަމައަށް ވަރަށް ތަފުސީލުކޮށް ނިންމާފައި އޮތް މަސައްކަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ އެ ބުރިޖުގެ ސާވޭއަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކްގެ ހިލޭ އެހީގައި ތައްޔާރުކުރި ސާވޭއެއް ކަމަށާއި އެ ސާވޭގެ ރިޕޯޓު 2017 ގެ އޭޕްރީލްމަހު އާންމުވެސް ކޮށްފައި އޮންނާނެކަމަށެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ، އޭރުގެ ސަރުކާރުން ކަނޑުއަޑީގެ ސާވޭތަކާއި ބްރިޖު އެޅިދާނެ އެކި ގޮތްތަކާއި އެކި ގޮތްގޮތަށް އެކި ޑިޒައިނަށް އަޅައިފިނަމަ ހިނގާނެ ހަރަދާއި ތަނބުތައް ޖަހަންވީ ގޮތުގެ ޕްލޭންތައް ވެސް އޭރު ތައްޔާރުކުރި ރިޕޯޓުގައި ހިމަނާފައިވާނޭ ކަމަށެވެ. ނަމަވެސް، މި ސަރުކާރު އައިސް އަލުން 15 މިލިއަން ޑޮލަރު ހަރަދުކޮށްގެން އަނެއްކާވެސް ކުރީ ހަމަ އެ މަސައްކަތް ކަމަށާއި މިއީ މި ސަރުކާރުން ކޮންމެ ކަމެއްވެސް ކުރާ ގޮތްކަމަށް މޭޔަރު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ އޭރު އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކްގެ ވެރިންނާއިއެކު ކުރެވުނު މަޝްވަރާއިން، އެ ބްރިޖު އަޅަން ފަންޑުވެސް ހަމަޖެހުނު ކަމަށް ވިދާޅުވިއެވެ. އަދި ރައީސް ޔާމީން ޗައިނާއަށް ކުރެއްވި ދަތުރުފުޅެއްގައި އެކަމުގެ އެއްބަސްވުމުގައި ސޮއިކުރެވޭ ހިސާބަށްވެސް ޗައިނާ ސަރުކާރުން އޮތީ އެކަން ހަމަޖައްސަވައިދެއްވާފައި ކަމަށް ވިދާޅުވިއެވެ.
މުއިއްޒުގެ ވާހަކައިގައި ބުރިޖުގެ މަސައްކަތް މިހާރު ކުރަމުންދާ އެފްކޮންސްއިން މަސައްކަތް ކުރާ ގޮތާއިމެދު ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ.
މުއިއްޒު މިފަދައިން ވިދާޅުވެފައިމިވަނީ ބުރިޖުގެ މަސައްކަތް ދާގޮތް ދޯދިޔާކަމަށް ދައްކަން ބަޔަކު މަސައްކަތް ކުރަމުން ދާ ދަނޑިވަޅެއްގައެވެ. ނަމަވެސް، ޕްލޭނިންގ މިނިސްޓްރީން ބުނަމުންދަނީ ބުރިޖުގެ މަސައްކަތް ޕްލޭނާއި އެއްގޮތަށް ކުރިއަށްދާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު