އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބަށް މުވައްޒަފުން ހޯދަން އިލެކްޝަންސް ކޮމިޝަނުން މިއަދު އިއުލާންކޮށްފި އެވެ.
އިލެކްޝަން ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ރިޔާސީ އިންތިޚާބާއި ގުޅިގެން ކޮމިޝަނުގެ އެކިއެކި މަސައްކަތްތަކަށް މުވައްޒަފުން ހޯދުމަށް ބޭނުންވާ ކަމަށެވެ. އެގޮތުން އެމަސައްކަތްތަކަށް 11 މުވައްޒަފުން ބޭނުންވާއިރު އެ މުވައްޒަފުން ހޯދަނީ ރިޔާސީ އިންތިޚާބު ނިމެންދެން ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.
އިލެކްޝަން ކޮމިޝަނުން ބުނީ މި މުވައްޒަފުންނަށް އަސާސީ މުސާރައިގެ ގޮތުގައި މަހަކު 4،465ރ. އަދި ސާވިސް އެލަވެންސްގެ ގޮތުގައި މަހަކު 1،500ރ. ދިނުމަށް ހަމަޖެހިފައިވާ ކަމަށެެވެ. އަދި މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 155ރ. ދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެކޮމިޝަނުން ބުނެއެވެ.
މި ވަޒީފާތަކަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 25 ވަނަ ދުވަހުގެ ހަވީރު 3ގެ ކުރިން އެކަމަށް އެދި ހުށަހެޅުމަށް އީސީގެ އިއުލާނުގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު