އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމުގައި އެންމެފަހުން ހުންނެވި ހަސަން ލަތީފް ވަނީ ޕާޓީގެ ތެރޭގައި ފިތުނަ އުފައްދައި، ޕާޓީ ބައިބައިކޮށްފައިކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
ރީކޯ މޫސާ ހަސަން ލަތީފަށް ފާޑު ވިދާޅުވެ ވާހަކަފުޅުދެއްކެވީ މަސްވެރިންގެ ދުވަހުގެ މުނާސަބާތުގައި ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ދެއްކެވި ވާހަކަފުޅަށް ފާޑު ވިދާޅުވެ ހަސަން ލަތީފް ދެއްކެވި ވާހަކަފުޅުތަކަކަށް އިޝާރާތްކުރައްވައެވެ.
ހަސަން ލަތީފް ވަނީ އެމްޑީޕީން މަސްވެރިކަމާއި ގުޅޭގޮތުން ގެންގުޅޭ ސިޔާސަތު ސަރުކާރުން ދޫކޮށްލައި، ހަރުދަނާ ނޫން ސިޔާސަތުތަކެއް ގެންގުޅޭކަމަށް ވިދާޅުވެފައެވެ. އަދި އެކަމުގެ ސަބަބުން ކަންކަން ބޮއްސުންލާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ހަސަން ލަތީފްގެ ވާހަކަފުޅުތަކަށް ރައްދު ދެއްވަމުން މޫސަ ވިދާޅުވީ ޕާޓީގެ ޗެއަރޕާސަންގެ މަގާމުގައި ހުންނަވައިގެން ހަސަން ލަތީފް ވަނީ އެމްޑީޕީގެ މައިގަނޑު ސިޔާސަތުކަމުގައިވާ ހަމަހަމަކަމާއި އެއްބައިވަންތަކަން ދޫކުރައްވާފައިކަމަށެވެ. އަދި ޕާޓީގެ ޗެއަރގެ މަޤާމުގައި ހުންނަވައިގެން ވަކި ފަރާތަކަށް ޖެހިވަޑައިގަންނަވާ، ޕާޓީ ތެރެ ފިތުނަ ކުރައްވާ، އެކަކު އަނެކަކާއި މޫނުދިމާ ނުލެވޭވަރުކޮށްފައިވާކަމަށްވެސް މޫސަ ތުހުމަތު ކުރެއްވިއެވެ.
"ދެން ކޮން އިތުރު ސިޔާސަތެއްގެ ވާހަކައެއްތޯ؟" މޫސަ ވިދާޅުވިއެވެ.
އެމްޑީޕީގެ ތެރޭގައި ބައިބައިވުން އުފެދި ދެފެކްޝަނަށް ޕާޓީ ބެހިފައިވާއިރު ގިނަ ބަޔަކު ބުނާގޮތުން ޕާޓީގެ ތެރޭގައި އުފެދިފައިވަނީ ވެރިކަމުގެ ވާދަވެރިކަމެކެވެ. މިގޮތުން ރައީސް ނަޝީދާއި ރައީސް ސާލީހަށް ތާއިދުކުރާ ފަރާތްތަކުން ފާޅުގައި އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ފާޑު ވިދާޅުވަމުންދާއިރު ރައީސް ނަޝީދުވެސް ގެންދަވަނީ ފާޅުގައި ސަރުކާރަށް ފާޑު ވިދާޅުވަމުންނެވެ. ނަމަވެސް ރައީސް ސާލިހު ފެންނަނީ ވަރަށް މަޑުމައިތިރިކޮށް ހުންނަވާ މަންޒަރެވެ. އަދި ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރާ ފަރާތްތަކަށް ދެރަ ބަހެއް އެމަނިކުފާނު ވިދާޅުނުވާކަން އެމަނިކުފާނު ވެސް ފާހަގަކުރައްވައެވެ.

އެމް ޑީޕީގެމައގަޑުސިޔާސަތުކަމުގައިވާ ހަމަހަމަ ކަމާ އެއްބައވަންތަކަން ދޫކުރައްވާ ޕާޓީ ގެ ޗެއަރގެމަޤާމުގާހުންނަވައގެން ވަކިފަރާތަކަށްޖެހިވަޑައިގަންނަވާ،ޕާޓީ ތެރެ ފިތުނަކުރައްވާ،އެކަކުއަނެކަކާ މޫނުދިމާކޮށްނުލެވޭވަރު ކުރައްވާފަ ދެންކޮން އިތުރުސިޔާސަތެއްގެވާ ހަކައެއްތޯ؟
— Moosa Maniku (Reeko) (@ReekoMoosa) December 12, 2022
އެމްޑީޕީގެ ތެރޭގައި ބައިބައިވުން އުފެދި ދެފެކްޝަނަށް ޕާޓީ ބެހިފައިވާއިރު ގިނަ ބަޔަކު ބުނާގޮތުން ޕާޓީގެ ތެރޭގައި އުފެދިފައިވަނީ ވެރިކަމުގެ ވާދަވެރިކަމެކެވެ. މިގޮތުން ރައީސް ނަޝީދާއި ރައީސް ސާލީހަށް ތާއިދުކުރާ ފަރާތްތަކުން ފާޅުގައި އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ފާޑު ވިދާޅުވަމުންދާއިރު ރައީސް ނަޝީދުވެސް ގެންދަވަނީ ފާޅުގައި ސަރުކާރަށް ފާޑު ވިދާޅުވަމުންނެވެ. ނަމަވެސް ރައީސް ސާލިހު ފެންނަނީ ވަރަށް މަޑުމައިތިރިކޮށް ހުންނަވާ މަންޒަރެވެ. އަދި ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރާ ފަރާތްތަކަށް ދެރަ ބަހެއް އެމަނިކުފާނު ވިދާޅުނުވާކަން އެމަނިކުފާނު ވެސް ފާހަގަކުރައްވައެވެ.
ކިޔުންތެރިންގެ ހިޔާލު