ބ. ދަރަވަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.
ރަށްރަށުގެ ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަސައްކަތުގެ ދަށުން ސަރުކާރުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ ބ. ދަރަވަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ އަމަލީ މަސައްކަތުގެ 77 އިންސިއްތަ ނިންމިފައިވާކަމަށް އެކުންފުނިން ހާމަކޮށްފައިވެއެވެ. އެގޮތުން މިމަޝްރޫޢުގެ ދަށުން ކުރިއަށްގެންދިޔަ ބޭރުތޮށި ލުމުގެ މަސައްކަތް މިހާރު ނިމިފައިވާކަމަށްވެސް އެކުންފުނިން ހާމަކޮށްފައިވެއެވެ. މީގެއިތުރުން، މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ހަތަރު ވަނަ ޝިޕްމަންޓް ވަނީ މިހާރުވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ.
ދިވެހި ސަރުކާރާއި މޯލްޑިވްސް ގްރީން ފަންޑުން ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން، 10،800 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމާއި، 490 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމަށް ވަނީ ހަމަޖެހިފައެވެ. އަދި 96 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށްވެސް އެމްޓީސީސީން ބުނެފައިވެއެވެ.
މި މަޝްރޫޢަކީ 22.1 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ.

ކިޔުންތެރިންގެ ހިޔާލު