ހދ. ނޮޅިވަރަމްގައި މަރުވެފައި އޮއްވާ ފެނުނު ނިޝާމާ މުހައްމަދުގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި އޭނާގެ ފިރިމީހާ، އަބޫބަކުރު ފައިސަލް 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފިއެވެ.
ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރު ކުރި މީހާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން، ހޯމް މިނިސްޓްރީއިން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.
ނިޝާމާ، އޭނާ ދިރިއުޅޭ ގޭގެ ކޮޓަރީގައި މަރުވެފައި އޮއްވައި ފެނިގެން، އެ ރަށު ސިއްހީ މަރުކަޒަށް ގެންދިޔަކަމަށާއި މަރުކަޒަށް ވެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ފުލުހުން ބުނެއެވެ. ނިޝާމާ މަރުވި ސަބަބު ހޯދަން ޕޯސްޓްމޯޓަމް ހަދަން ނިންމައި އޭނާގެ ހަށިގަނޑު މިހާރު ވަނީ މާލެ ގެނެސްފައެވެ.
ނިޝާމާ މަރާލި ކަމުގެ ތުހުމަތު ކުރެވޭ ފައިސަލް ހައްޔަރުކޮށްފައިވަނީ ނޮޅިވަރަމްއިން ފުރައިގެން އެ އަތޮޅު ކުޅުދުއްފުއްޓަށް ގޮސް ކުޅުދުއްފުށީ ފުލުހުންނާ އަމިއްލައަށް ހަވާލުވުމުންނެެވެ. ނިޝާމާގެ މަރުގެ މައްސަލަައިގައި ޝައްކު އުފެދޭ ކަންތައްތަކެއް ހުރުމުން ފައިސަލްގެ މައްޗަށް ތުހުމަތުކުރެވި އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓްއަމުރެއްގެ ދަށުން ކަމަށް ފުލުހުން ބުންޏެވެ.
ނިޝާމާއާއި ފަައިސަލް ކައިވެނިކޮށްގެން އެ ކައިވެންޏަށް ތިން ކުދިން ވަނީ ލިބިފައެވެ. އދ. ފެންފުއްޓަށް ނިސްބަތްވާ ފައިސަލް އުޅެނީ ނޮޅިވަރަމް ފެނަކަ ބްރާންޗްގެ ޓެކްނީޝަނެއްގެ ވަޒީފާގައެވެ.

ކިޔުންތެރިންގެ ހިޔާލު