މިއަދު މަސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެފަރާތްތަކުން ކިރުވާ މަހަށް ލިބޭ އަގުގެ މައްސަލަކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިޙް މިފަދައިން ވިދާޅުވީ، މަސްވެރިންގެ ދުވަހާއި ގުޅުވައިގެން މިރޭ ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޖަލްސާގައި ރައީސް ވިދާޅުވީ، މިއަދުގެ ދިވެހި މަސްއޮޑިފަހަރަކީ އާދައިގެ ދޯނިތަކެއް ނޫންކަމަށާއި މިހާރު އެއީ މަސްކަނޑުތައް ކަފަމުން ދުވާ މަސް ކާރުހާނާތަކެއް ކަމަށެވެ. އެގޮތުން އެއްފަހަރާ އައްޑިހަ ޓަނުގެ މަސް ރައްކާކޮށްލެވޭ ދޯނިފަހަރު މިހާރު ރާއްޖޭގައި އެބަހުރި ކަމަށާއި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަނީ މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދީ އެ ފަރާތްތަކަށް ލިބޭ ނަފާ އިތުރުކުރެވޭނެގޮތް ހަދައިދިނުމަށް ކަމަށް ވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މަސްވެރިންގެ އެންމެބޮޑު ކަންބޮޑުވުމަކީ ކިރުވާ މަހަށްލިބޭ އަގުގެ މައްސަލަކަމަށެވެ.
"މިފްކޯއިން މިހާރު މަސް މި ގަންނަނީ ކިލޯއަކަށް 17 ރުފިޔާގެ ރޭޓުން. އެހެންނަމަވެސް، ބޭރުގެ ބާޒާރުތަކުގައި ރާއްޖޭގެ ރޯމަސް ވިއްކަން މިޖެހެނީ މިއަށްވުރެ އަގުހެޔޮކޮށް. މި ދެންނެވި ރޭޓުން ގަނެގެން އެއަށްވުރެ ކުޑަ އަގެއްގައި ވިއްކަންޖެހުމުން މިފްކޯއަށް އެތައް ރުފިޔާއެއް ގެއްލުންވޭ. އެ ގެއްލުން މި ފޫބައްދަނީ ސަރުކާރުން މިފްކޯއަށް ފައިސާ ދީގެން. މިވަގުތު މިގޮތަށް މިފްކޯއިން މަސައްކަތް ކުރިނަމަވެސް މީކީ ވިޔަފާރީގެ އުސޫލުން މިކަންކުރާ ޕްރައިވެޓް ސެކްޓަރއަށް ކުރެވޭނެ ކަމެއް ނޫން. ކޮވިޑުގެ ތެރޭގައި މި ސިނާއަތުގައި ހަރަކާތްތެރިވާ ޕްރައިވެޓް ކުންފުނިތައްވެސް ދެމެހެއްޓުނީ ސަރުކާރުންވެސް ވަރަށް ބޮޑު އެހީތެރިކަމެއް ދީގެން." ރައީސް ޞާލިޙް ވިދާޅުވިއެވެ.
މި ޖަލްސާގައި ރައީސް ވިދާޅުވީ، މި އަހަރަކީ ވެސް ދިވެހި މަސްވެރިކަމުގެ ތާރީހުގައި ވަރަށް ފާހަގަކޮށްލެވޭ އަހަރަކަށް ވެގެންދާނެކަމަށެވެ. އެގޮތުން މި އަހަރު ނިމިގެން މިދަނީ 2006 ވަނަ އަހަރުގެ ފަހުން، ސަރުކާރުގެ މަސް ކުންފުނި، މިފްކޯއިން އެންމެ ގިނައިން މަސް ގަތް އަހަރުގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، މިދިޔަ ހަފްތާގެ ނިޔަލަށް ފަންސާސް ނުވަހާސް މެޓްރިކްޓަނުގެ މަސް މިފްކޯއަށް ގަނެފައިވާ ކަމަށެވެ. އަދި މި އަހަރަކީ ދިވެހި މަސްވެރިންގެ އަތުން ގަތް މަހަށް ސަރުކާރުގެ މަސް ކުންފުނިން އެންމެ ގިނަ އަދަދެއްގެ ފައިސާ ދޭނެ އަހަރު ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު