ދިވެހިރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އުވާލަން އިލެކްޝަންސް ކޮމިޝަން (އީސީ)އިން މިއަދު ނިންމައިފި އެވެ.
އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ވިދާޅުވީ ޑީއާރްޕީގެ ދަފުތަރުގައި ގާނޫނުގައި ބުނާ އަދަދަށް މެންބަރުން ހަމަނުވާތީ ތިން މަސް ދުވަހުގެ ނޯޓިހެއް ދިނުމަށްފަހު އެ ތިން މަސް ދުވަހުގެ ތެރޭގައި ވެސް އެ ޕާޓީއަށް މެންބަރުން ހަމަކުރެވިފައި ނުވާތީ ޕާޓީ އުވާލަން ނިންމައި އެ ޕާޓީއަށް އެކަން އަންގައިފައިވާ ކަމަށެވެ.
އިލެކްޝަން ކޮމިޝަނުން ބުނީ، ޑީއާރުޕީ އުވާލުމުގައި ގާނޫނީގޮތުން ފުރިހަމަ ކުރަން ޖެހޭ ކަންކަމާއި ގުޅޭގޮތުން ކޮމިޝަންގެ ލީގަލް ފާމުގެ ލަފައަކަށް އެދިފައިވާ ކަމަށެވެ. އަދި ލީގަލް ފާމުން ތައްޔާރުކޮށްފައިވާ ގާނޫނީ ލަފަޔާއި ލީގަލް އެންޑް ޕޮލިޓީކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުން ތައްޔާރުކޮށްފައިވާ ގާނޫނީ ލަފާ މިހާރު ދީފައިވާ ކަމަށް އެެކޮމިޝަނުން ބުނެއެވެ.
އިލެކްޝަން ކޮމިޝަނުން ބުނީ ސިޔާސީ ޕާޓީގެ ގާނޫނުގައި ޕާޓީ ވުޖޫދުގައި އޮތުމަށް ގާނޫނު ލާޒިމް ކުރާ އަދަދަށް މެންބަރުން ހަމަނުވުމަކީ، އީސީން ޕާޓީ އުވާލުމަށް ނިންމަންޖެހޭ ހާލަތެއް މެދުވެރިވުން ކަމަށް ކަނޑައަޅައި ޑީއާރްޕީ އުވާލުމަށް، އެކޮމިޝަންގެ އާއްމު ޖަލްސާގައި ނިންމާފައިވާ ކަަމަށެވެ.
ޑީއާރުޕީގެ ލީޑަރަކަށް މިހާރު ހުންނެވީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރެވެ. އޭނާ ވަނީ ޑީއާރްޕީގެ ޓިކެޓުގައި އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެކަން އިއުލާންވެސް ކުރަށްވާފައެވެ.
ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް އިސްކޮށް ހުންނަވައިގެން އުފެއްދެވި ޑީއާރުޕީއަކީ ރާއްޖޭގައި ދެވަަނަ އަށް އުފެއްދި ކުރީގައި އެންމެ ވަރުގަދަ އެއް ޕާޓީއެެވެ.
ގާނޫނުގައި ބުނާ އަދަދަށް މެމްބަރުން ހަމަނުވާތީ ޑީއާރްޕީ އުވާލަން ނިންމާފައިވާއިރު ލޭބާ ޕާޓީގައި 3000 މެމްބަރުން ހަމަނުވާތީ އެޕާޓީވެސް ވަނީ އުވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު