އާއްމު ސިއްހަތަށް ނުރައްކާވާ މިންވަރަށް ކުޅުދުއްފުށި ސިޓީގެ ވައިގެ ނުސާފުކަން އިތުރުވެ، ތަޣައްޔަރުވެފައިވާކަމަށް ކަމާއިބެހޭ ފަރާތްތަކުން ބުނެފިއެވެ.
ރާއްޖޭގެ ބައެއް ސަރަހައްދުތަކުގެ ވައި ނުސާފުވުމުގެ މައްސަލަ ކުރިމަތިވެފައި ވަނީ އިންޑިއާގެ ބޭ އޮފް ބެންގަލް ހުރަސްކޮށް ވަޔާއެކު އަންނަ ހިރަފުހާއި ދުމުގެ ސަބަބުންކަމަށް މެޓް އޮފީހުން ވަނީ މިދިޔަ ހަފްތާގައި ބުނެފައެވެ. އެކަމުގެ ސަބަބުން ކުރިމަތިވެދާނެ ކަންކަމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
މެޓް އޮފީހުގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ކުޅުދުއްފުށީގެ ވައި އެންމެ ނުސާފުކަން ހުކުރު ދުވަހު ހުރީ އާންމުންނަށް ނުރައްކާވާކާހާ ދަށްކޮށްކަމަށެވެ. ނަމަވެސް އެދުވަހަށް ވުރެ މިވަގުތު ތަންކޮޅެއް ރަނގަޅުކަމަށާއި ނަމަވެސް އާންމުކޮށް ހުންނަ ވަރަށް ވުރެ ކުޅުދުއްފުށީގެ ވައި ނުސާފުކަމަށް އެނާ ވިދާޅުވި އެވެ.
ކުޅުދުއްފުށީގެ ވައި ނުސާފުވުމާ ގުޅިގެން ހެލްތު އޮފިޝަލުން ވަނީ ސިއްހީ މައްސަލަތަކުން ސަލާމަތްވުމަށް ބޭރުގައި އުޅޭ ވަގުތު މަދުކޮށް، ބޭރުގައި އުޅޭނަމަ މާސްކު އެޅުމަށް އިލްތިމާސްކޮށްފައެވެ.
މިދިޔަ ހަފުތާގައި މާލެ ސަރަހައްދުގެ ވައިވެސް ވަނީ ވަރަށް ބޮޑަށް ނުސާފުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު