ހދ. ނޮޅިވަރަމްގައި މަރުވެފައި އޮއްވާ އިއްޔެ ފެނުނު އެ ރަށު އުމުރުން 28 އަހަރުގެ ނިޝާމާ މުހައްމަދުގެ ޕޯސްޓްމޯޓަމް ހަދަން ބޭނުންނުވާކަމަށް އޭނާގެ އާއިލާއިން ބުނެފިއެވެ.
ނިޝާމާ މަރުވެފައި އޮތްވާ ފެނުނީ އިއްޔެ ހެނދުނު އޭނާގެ ހަބަރެއްގެ ނުވެގެން އާއިލާއިން ގޮސް އޭނާގެ ކޮޓަރި ބެލިއިރުއެވެ. އެ އަންހެން މީހާ މަރާލި ކަމަށް ތުހުމަތުކުރެވެނީ އޭނާގެ ފިރިމީހާ، އދ. ފެންފުށީ، ފައިސަލް އަލީގެ މައްޗަށެވެ.
ފުލުހުން ނިޝާމާގެ ހަށިގަނޑު މިހާރު ނޮޅިވަރަމުން، އެ އަތޮޅު ކުޅުދުއްފުއްޓަށް ގެންގޮސްފައިވާއިރު އޭނާގެ ޕޯސްޓްމޯޓަމް ހެދުމަށް ތަހުގީގު ޓީމުން ވަނީ ނިންމާފައެވެ. ނަމަވެސް ނިޝާމާގެ އާއިލާއިން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ ނިޝާމާގެ ޕޯސްޓް މޯޓަމް ހަދަން ޢާއިލާއިން ބޭނުންނުވާކަމަށެވެ. އަދި އެކަމާއި ގުޅިގެން ކޯޓަށް ދިއުމަށްވެސް ވާހަކަދެކެވޭކަމަށް އެނާގެ ބައްޕަ ބައެއް މީޑިއާތަކާއި ވާހަކަ ދައްކަމުން ބުންޏެވެ.
ފުލުހުންގެ އިދާރާއިން ބުނީ ނިޝާމާގެ ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އަދި ނިޝާމާގެ މަރުގެ މައްސަލަައިގައި އޭނާގެ ފިރިމީހާ އދ. ފެންފުށީ، ފައިސަލް އަލީ (32 އ) ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ފައިސަލް ހައްޔަރުކޮށްފައިވަނީ އަމިއްލައަށް ފުލުހުންނާއި ހަވާލުވުމަށް ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނަށް ދިޔުމުންނެެވެ. ފުލުހުން ބުނީ ނިޝާމާގެ މަރުގެ މައްސަލައިގައި ފައިސަލް ހައްޔަރުކުރީ ކޯޓް އަމުރެއްގެ ދަށުން ކަމަށެވެ.
ނިޝާމާގެ މަރަށް ފަހު ފައިސަލް ވަނީ ވަގުތުން ލޯންޗެއް ހިފައިގެން ކުޅުދުއްފުއްޓަށް ގޮސްފަ އެވެ. ނިޝާމާގެ އާއިލާ އިން ތުހުމަތުކުރާގޮތުގައި އޭނާ މަރާލުމަށްފަހު ފިރިމީހާ ކުޅުދުއްފުއްޓަށް ދިޔައީ ފިލަންވެގެންނެވެ.
ނިޝާމާއަށް އޭނާގެ ފިރިމީހާ ވަރަށް ގިނައިން އަނިޔާކޮށް ހަދާ ކަަމަށާއި އެވާހަކަ ނިޝާމާ ދަންނަ ބައެއް މީހުން ކައިރީގައި ކިޔައިދީފައިވާ ކަމަށް އެކަމުގެ މައުލޫމާތު އެނގޭ ބައެއް މީހުން ވަނީ ބުނެފައެެވެ. ފައިސަލް އުޅެނީ ނޮޅިވަރަމް ފެނަކަ ބްރާންޗްގެ ޓެކްނީޝަނެއްގެ ވަޒީފާގައެވެ.
ނިޝާމާ އާއި ފައިސަލްގެ ކައިވެންޏަށް ތިން ކުދިން ވަނީ ލިބިފައެވެ. ދޮށީ ކުއްޖާގެ އުމުރުން ހަތް ވަރަކަށް އަހަރެވެ. ހަގު ދަރިފުޅު އުޅެނީ ބޭބީ ނާސަރީގައެވެ.
ފުލުހުން ގެންދަނީ މިމައްސަލަ އިތުރަށް ތަހުގީގް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު