އަހުމަދު މަސްނޫމް   11 ޑިސެމްބަރު 2022 - 10:22
ސުޕްރީމް ކޯޓް ރިސެސްއަށް ހިނގައްޖެއެވެ.

ސުޕްރީމް ކޯޓް ރިސެސްއަށް ދިއުމުން ކޮންމެހެން ބޭނުންޖެހިއްޖެ ޙާލަތެއްގައި މެނުވީ ސުޕްރީމް ކޯޓްގެ ޝަރީޢަތުގެ އަޑުއެހުމެއް ނުބާއްވާނެއެވެ. ނަމަވެސް، ކޯޓަށް މައްސަލަތައް ބަލައިގަތުމާއި އިދާރީ މަސައްކަތްތައް ރިސެސްގެ ދުވަސްވަރުގައިވެސް ކުރިއަށްދާނެއެވެ.

ކޯޓްތަކާއި ބެހޭ ޤާނޫނުގައިވާ ގޮތުން ކޮންމެ އަހަރެއްގެ ނޮވެމްބަރު މަހުގެ ފަހު ހަފްތާގެ އެންމެ ފަހު މަސައްކަތު ދުވަހުން ފެށިގެން، ވިދިގެން އަންނަ އަހަރު ޖެނުއަރީމަހުގެ ފުރަތަމަ ރަސްމީ ދުވަހާ ހަމައަށް ސުޕްރީމް ކޯޓް އޮންނާނީ ރިސެސްގައެވެ.

ސުޕްރީމް ކޯޓް ރިސެސްގައި އޮންނަ މުއްދަތުގައި، ސުޕްރީމް ކޯޓްގެ ފަނޑިޔާރުން ބޭނުންވެއްޖެ ނަމަ ޝަރީޢަތުގެ އަޑުއެހުމެއް ބޭއްވިދާނެއެވެ. އަދި ޤާނޫނުން ވަކި މުއްދަތަކަށް ނިންމަންޖެހޭ ކަމެއް އޮވެއްޖެނަމަ އެމުއްދަތުގައި އަޑުއެހުންތައް ބޭއްވުމަށް ޤާނޫނު ލާޒިމުކުރެއެވެ. މީގެ އިތުރުން ރިސެސް މުއްދަތުގެ ތެރޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކޮށްފިނަމަ ސުޕްރީމްކޯޓްގެ ރިސެސްގެ މުއްދަތު ނިމުމަކަށް އަންނާނެކަމަށް ކޯޓްތަކުގެ ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު