ފ.އަތޮޅު ފީއަލީ އާއި ފ.ދަރަނބޫދޫގައި ފުލުހުންގެ ހިދުމަތް ފަށައިފިއެވެ.
ފ.އަތޮޅު ދަރަނބޫދޫ އާއި ފީއަލި ޕޮލިސް ޕޯސްޓް އިފްތިތާޙްކޮށްދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢިމްރާން ޢަބްދުﷲއެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރގެ އަރިހުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފްއާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ރަޝީދުގެ އިތުރުން ސަރުކާރު މުއައްސަސާތަކުގެ އިސްވެރިންވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.
ހޯމް މިނިސްޓަރ ޢިމްރާން ވިދާޅުވީ ދަރަނބޫދޫއަކީ މިހާރުވެސް ކުށް މަދު ރަށެއްކަމަށެވެ. އަދި އަލަށް ޤާއިމުކުރެވުނު ޕޮލިސް ޕޯސްޓާއެކު އެރަށަކީ މިހާރަށްވުރެވެސް ކުށްމަދު އަމާން ސުލްޙަވެރި އަދި އުފާފާގަތި ރަށަކަށްވެގެންދާނެ ކަމަށް މަގުފަހިވެގެންދާނެ ކަމަށް ވިދާޅުވިއެވެ.
ރަށްރަށުގައި ކުށްކުރުން މަދުކޮށް އަމާން މުޖުތަމަޢެއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތް އިތުރަށް ފުޅާކުރުމަށް ފުލުހުންގެ ޚިދުމަތް ނެތް ރަށްރަށުގައި ޚިދުމަތް ދޭން ފެށުމަށް ޕޮލިސް ސްޓޭޝަން ޤާއިމުކުރުމުގެ މަސައްކަތުގެ އިތުރު މަޝްރޫޢެއް މިއަހަރުވަނީ ފަށާފައެވެ.
48 މިލިއަން ޑޮލަރުގެ މިމަޝްރޫޢުގެ ދަށުން 61 ރަށެއްގައި ޕޮލިސް ސްޓޭޝަން ތަރައްޤީކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

📸 We are delighted to announce the Inauguration of F. Feeali Police Post by Minister of Home Affairs, Honorable @ShimranAb.
— Maldives Police (@PoliceMv) December 10, 2022
The event was attended by DCP Abdul Mannan Yoosuf, DCP Ali Rasheed and dignitaries from other government institutions. pic.twitter.com/2WDeJD9kcp
ހޯމް މިނިސްޓަރ ޢިމްރާން ވިދާޅުވީ ދަރަނބޫދޫއަކީ މިހާރުވެސް ކުށް މަދު ރަށެއްކަމަށެވެ. އަދި އަލަށް ޤާއިމުކުރެވުނު ޕޮލިސް ޕޯސްޓާއެކު އެރަށަކީ މިހާރަށްވުރެވެސް ކުށްމަދު އަމާން ސުލްޙަވެރި އަދި އުފާފާގަތި ރަށަކަށްވެގެންދާނެ ކަމަށް މަގުފަހިވެގެންދާނެ ކަމަށް ވިދާޅުވިއެވެ.
ރަށްރަށުގައި ކުށްކުރުން މަދުކޮށް އަމާން މުޖުތަމަޢެއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތް އިތުރަށް ފުޅާކުރުމަށް ފުލުހުންގެ ޚިދުމަތް ނެތް ރަށްރަށުގައި ޚިދުމަތް ދޭން ފެށުމަށް ޕޮލިސް ސްޓޭޝަން ޤާއިމުކުރުމުގެ މަސައްކަތުގެ އިތުރު މަޝްރޫޢެއް މިއަހަރުވަނީ ފަށާފައެވެ.
48 މިލިއަން ޑޮލަރުގެ މިމަޝްރޫޢުގެ ދަށުން 61 ރަށެއްގައި ޕޮލިސް ސްޓޭޝަން ތަރައްޤީކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު