ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި ޕޯޗުގަލް ކަޓުވާލައި މޮރޮކޯ ފުރަތަމަ ފަހަރަށް މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ހޯދައިފިއެވެެ.
ގަތަރުގެ އަލް ތުމާމާ ސްޓޭޑިއަމްގައި މިރޭ ކުޅުނު މި މެޗު މޮރޮކޯ އިން ކާމިޔާބުކުރީ 1-0ންނެވެ. މެޗްގެ ފުރަތަމަ ހާފުގެ 42 ވަނަ މިނެޓުގައި މޮރޯކޯ އިން ޖެހި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މޮރޮކޯ ޔަހްޔާ އަތިއްޔަތުﷲ ނަގައިދިން ހުރަހެއް ބޮލުން ޖަހާ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ޔޫސުފް އެން-ނެސީރީއެވެ.
މި ނަތީޖާއާއެކު އެފްރިކާ ބައްރުގެ އަދި އަރަބި އިސްލާމީ ގައުމެއް ވޯލްކަޕް މުބުާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރި ފުރަތަމަ ގައުމަށް މޮރޮކޯ ވަނީ ވެގެންގޮސްފައެވެ. ސެމީ ފައިނަލުގައި މޮރޯކޯ ވާދަކުރަނީ މިރޭ ދަންވަރު 12 ޖަހާއިރު ފްރާންސާއި އިންގްލެންޑް ބައްދަލުކުރާ ކުއާޓާ ފައިނަލުން މޮޅުވާ ޓީމަކާއެވެ.

ކިޔުންތެރިންގެ ހިޔާލު