ތިލަމާލެ ބްރިޖުގެ މަސައްކަތަށް ބޭނުންކުރާ ކްރޭނެއް ބިންދައިގެން ހިނގައްޖެއެވެ.
ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯތަކުން ފެންނަ ގޮތުގައި ބްރިޖުގެ މަސައްކަތަށް ބޭނުންކުރަން ވިލިމާލެ ބޭރުގައި އަޅާފައިވާ ކެރޭން ވަނީ ވެއްޓިފައެވެ. އަދި ފެންނަ ގޮތުގައި އެ ކެރޭން ވެއްޓިފައި ވަނީ ކަނޑަށެވެ.
ނަމަވެސް މިކަމާއި ގުޅޭގޮތުން ބުރިޖުގެ މަސައްކަތްކުރާ އެފްކޯންސް ކުންފުނިން ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. އަދި ޕްލޭނިންގ މިނިސްްޓްރީންވެސް މިކަމާއި ގުޅޭގޮތުން އަދި ވާހަކައެއް ނުދައްކައެވެ.
ބުރިޖު އެޅުމުގެ މަސައްކަތްކުރުމަށް އެފްކޯންސްއިން ޤާއިމުކޮށްފައިހުރި ޕްލެޓުފޯމެއްގައި ހަރުކޮށްފައި ހުރި ކެރޭނެއް ވެއްޓިފައިވާއިރު މީގެކުރިން އެ މަސައްކަތަށް ބޭނުންކުރި ޕްލެޓްފޯމެއް ފަރަށް އެރުމުގެ ހާދިސާއެއްވެސް ވަނީ ހިނގާފައެވެ. އެހާދިސާގައި ވިލިމާލޭގެ ފަރަށް ބޮޑެތި ގެއްލުން ތަކެއް ވަނީ ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު