ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ގާއިމްކުރި ދަރުމަވަންތަ ހޮސްޕިޓަލުގައި ހަދާފައި ހުރި ޒަމާނީ އޮޕަރޭޝަން ތިއޭޓަރުތައް ބޭނުންކުރަން ފަށައިފިއެވެ.
2.1 ބިލިއަން ރުފިޔާއަށްވުރެ ބޮޑު ހޭދައެއް ކޮށްގެން ތަރައްގީ ކުރި 25 ބުރީގެ ހޮސްޕިޓަލުގައި އާދައިގެ ހަތަރު ތިއޭޓަރާއި ހައިބްރިޑް ތިއޭޓަރެއް ހަދާފައި އެބަހުއްޓެވެ. ނަމަވެސް އެ ތަންތަން ބޭނުންކުރަން ފަށާފައި މިވަނީ މަސައްކަތްތައް ނިންމިތާ ހަތަރު އަހަރު ފަހުންނެވެ.
އައިޖީއެމްއެޗުން މީގެކުރިން ބުނީ ހައިބްރިޑް ތިއޭޓަރު ބޭނުން ނުކުރެވި ދިގުލައިގެން ދަނީ، އެ ތިއޭޓަރުތައް ހުރި ފްލޯ، ކޮވިޑުގެ ބަލި މީހުންނަށް ފަރުވާ ދިނުމަށް ބޭނުންކުރާތީ ކަމަށެވެ. އަދި ކޮވިޑުގެ ހާލަތު ރަނގަޅުވުމުން އެ ތަންތަން ބޭނުންކުރަން ފަށާނެ ކަމަށް ވެސް އައިޖީއެމްއެޗުން ކުރިން އޮތީ ބުނެފައެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެންމެ ފުރަތަމަ ދެ ތިއޭޓަރު ބޭނުންކުރަން ފެށީ ކޮވިޑުގެ ތެރޭގައި އިމަޖެންސީ އޮޕަރޭޝަންތައް ކުރުމަށް ކަމަށެވެ. ނަމަވެސް، މިހާރު ޝެޑިއުލްޑް އޮޕަރޭޝަންތައް ފަށާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ބާކީ ހުރި ދެ ތިއޭޓަރު ވެސް މިއަދު ބޭނުންކުރަން ފަށާނެކަމަށް އޭނާ ވިދާޅުވިއެވެ.
ދަރުމަވަންތަ ހޮސްޕިޓަލަކީ އެންމެފަހުގެ ޒަމާނީ ވަސީލަތްތަކާއެކު ގާއިމްކޮށްފައިވާ "ސްޓޭޓް އޮފް ދަ އާޓް" ފެންވަރުގެ ހޮސްޕިޓަލެކެވެ. މިއީ ރާއްޖެއިން ބޭރަށް ބޭސް ފަރުވާއަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެންނަން ރައީސް ޔާމީންގެ ސަރުކާރުން ފެށި މަޝްރޫއެކެވެ.

ކިޔުންތެރިންގެ ހިޔާލު