މަޝްހޫރު ފިލްމީތަރިންތަކަކާއެކު މަސްތުވާތަކެތި ބޭނުންކުރަމުން ދަނިކޮށް ފުލުހުން ހައްޔަރުކުރި ޑްރަގް އެންފޯސްމެންޓް ޑިޕާޓްމަންޓް، ޑީއީޑީގެ ފުލުސް މީހާ ސަސްޕެންޑް ކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ ޑްރަގް އެންފޯސްމެންޓުން ހިންގި އޮޕަރޭޝަންގައި ހައްޔަރު ކުރި ފުލުސް އޮފިސަރ ވަޒީފާއިން ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ޖިނާއީ މައްސަލައާއި އިދާރީ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
"ފުލުހުން ހިންގާ އޮޕަރޭޝަންތަކުގައި އެމީހަކީ ޑްރަގް އެންފޯސްމެންޓްގައި އުޅޭ ފުލުހެއް ނަމަވެސް އެއްވެސް އިސްތިސްނާއެއް ނެތި އެމީހަކާ ދޭތެރޭ ފިޔަވަޅު އަޅާނެ." ފުލުހުންގެ ސްޓޭޓްމަންޓުގައި ވެއެވެ.
ފުލުހުން ބުނީ ހައްޔަރުކޮށްފައިވާ ފުލުސް އޮފިސަރަކީ ޑްރަގް އެންފޯސްމެންޓުގެ ބެލުމުގެ ދަށަށް ގެނެވޭ މަސްތުވާތަކެތި ބަލަހައްޓާ ޓީމުގައި ހިމެނޭ ފުލުހެއް ކަމަށެވެ.
"ނަމަވެސް ޑްރަގް އެންފޯސްމެންޓްގެ ބެލުމުގެ ދަށަށް ގެނެވޭ މަސްތުވާތަކެތި ބެލެހެއްޓުމުގައި އަމަލު ކުރާ އުސޫލު ހަމަޖެހިފައި އޮންނަ ގޮތުން އެތަކެތި ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ އެއްވެސް ފުރުސަތެއް ފުލުހަކަށް ނޯންނާނެ." ފުލުހުން ބުނެފައިވެއެވެ.
ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި މި އޮޕަރޭޝަނެއްގައި 12 މީހަކު ހައްޔަރުކޮށްފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ އަށް ފިރިހެނަކާއި ހަތަރު އަންހެނުންނެވެ. އޭގެ ތެރޭގައި ފިލްމީ ތަރިން ކަމަށްވާ އާމިނަތު ރިޝްފާ އާއި ހުނޭސާ އާދަމް ނަސީރު (ހުނޫ) ވެސް ހިމެނެއެވެ.
މި އެންމެން ބަންދުގައި ބޭތިއްބުމަށް ކޯޓުންވަނީ މުއްދަތު ޖަހައިދީފައެވެ.

ކިޔުންތެރިންގެ ހިޔާލު